އެމީހުންގެ ކައިވެނީގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް އެ މީޑިއާ ރިޕޯޓް ގައި ބުނެފައިވެ އެވެ.
ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ ފަހުކޮޅު ނުވަތަ ނޮވެމްބަރު މަހު ކުރީކޮޅުގައި ކަމަށް ހިންދުސްތާން ޓައިމްސް އިން ބުނެ އެވެ.
ކައިވެނީގެ ހަފުލާ ބާއްވަނީ ހަމައެކަނި އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިންނަށް ބައިވެރިވެވޭ ގޮތަށް މުމްބާއީގައި ކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައި އެވެ.
ހުމާ އާއި ރަޗިިތް އެންގޭޖްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާގަ ނަމަވެސް، އެމީހުން ވަނީ އެކަން އާންމުންނަށް ސިއްރުކޮށްފަ އެވެ.
ރިޕޯޓް ތަކުން ބުނާ ގޮތުގައި އެ މީހުންގެ ކައިވެނި ޕާޓީ އަށް ބޮލީވުޑް ތަރިންނައް ހާއްސަކޮށްގެން ބޮޑު ހަފްލާއެއް ބާއްވަން ނިންމާފައި ވާ ކަމުގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;