ads
"ޕްރެސާ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި މުންދު ބާއްްވާ ނޫސްވެރިންގެ ބައްދަލުވުން
ރައީސް އޮފީހަށް 288 އާރުޓީއައި، ޖަވާބު ނުދީ 55 އެބައޮތް: މުންދު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް އޮފީހަށް 288 އާރުޓީއައި ހުށައަޅާފައިވާކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފްް (މުންދު) ވިދާޅުވެއްޖެއެވެ.
Advertisement

"ޕްރެސާ ވިތު ދަ ސްޕޮކްސް"  ގެ ނަމުގައި ކޮންމެ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސް ތަރުޖަމާނު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ނުވަތަ އާރުޓީއައިގެ ބޭނުން ނަހަމަ ގޮތުގައި ބައެއް މީހުން ހިފަމުން އަންނަކަމަށެވެ. 

މުންދު ވިދާޅުވީ ސައްހަ ނިޔަތުގައި ސައްހަ ގޮތަށް، ޒިންމާދާރުކަމާއެކު ކުރާ ސުވާލުތަކަށް ސަރުކާރުން ޖަވާބު ދެމުން އަންނަކަމަށެވެ. އެގޮތުން ރައީސް އޮފީހަށްް ފޮނުވާ އާރުޓީއައިތަކަށް ޖަވާބު ދެމުން އަންނަކަމަށް މުންދު ވިދާޅުވިއެވެ. 

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 288 އާރުޓީއައި ރައީސް އޮފީހަށް ހުށައަޅާފައިވާކަމަށް މުންދު ވިދާޅުވިއެވެ. އޭގެތެރެއިން މިހާރު ޖަވާބު ނުދެވި އޮތީ 55 އާރުޓީއައިކަމަށްްވެސް މުންދު ވިދަޅުވިއެވެ. އަދި އެއަށްވެސް ޖަވާބު ނުދެވި ވަނީ މައުލޫމާތު އެއްްކުރަމުން އަންނާތީކަމަށެވެ. އަދި އޭގެތެރޭގައި ވަގުތުން ޖަވާބެއް ދޭން އުނދަގޫ އެއްޗެހި އެބަހުރިކަންވެސް މުންދު ފާހަގަކުރިއެވެ. 

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މިދިޔަ ޑިސެމްބަރުގެ ނިޔަލަށް 182 އާރުޓީއައި ރައީސް އޮފީހަށް ހުށައެޅީއިރު 170 އާރުޓީއައިއަށް ޖަވާބު ދީފައިވާކަމަށް މުންދު ވިދާޅުވިއެވެ. އަދި މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް 106 އާރްޓީއައި ލިބިފައިވާކަމަށާއި އޭގެއިން 63 އާރްޓީއައިއަށް ޖަވާބު ދީފައިވާކަންވެސް އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ފާހަގަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;