ads
ރައީސް ނަޝީދު
ރާއްޖެއާ ގުޅުން ގާއިމް ކުރަން މަޝްވަރާއަށް މޮރިޝަސްއިން އޮތީ ތައްޔާރަށް: ނަޝީދު
ޗާގޯސް މައްސަލައިގައި ރާއްޖެއާ ގުޅުން ކަނޑާލުމަށްފަހު، އެ ގައުމުން އަލުން ދިވެހި ސަރުކާރާ މަޝްވަރާކުރަން ތައްޔާރުވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖެއާއެކު އޮތް ގުޅުން ކަނޑާލަން މޮރިޝަސް އިން ނިންމީ، ޗާގޯސްގެ ސިޔާދަތީ ބާރު އެ ގައުމަށް އޮތް ކަމަށް ރާއްޖެއިން ގަބޫލު ނުކުރާތީ އާއި މޮރިޝަސްއާ ޗާގޯސް ހަވާލު ކުރަން އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން ދެކޮޅު ހަދާތީ އެވެ.

އިންޑިއާގެ ނިއުދިއްލީގައި އިއްޔެ އޮތް 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ނަޝީދު ވިދާޅުވީ، އެ ދަތުރުފުޅުގައި މޮރިޝަސްގެ ފޮރިން މިނިސްޓަރާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

"އެއްވެސް ހާލެއްގައި އަވަށްޓެރި ގައުމުތަކާއި ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅު ކަމެއް ނޫން. އެބޭފުޅުން ތިއްބެވީ ތައްޔާރަށް. އަޅުގަނޑު އުންމީދުކުރަން ރާއްޖޭގެ ފޮރިން އެފެއާޒުން ވެސް މޮރިޝަސް ސަރުކާރާ އެކު މި ފުރުސަތުގެ ބޭނުންކޮށްގެން ކުރިއަށްދާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ މީގެ 44 އަހަރު ކުރިން 15 ޖެނުއަރީ 1981ގަ އެވެ.

ރާއްޖޭން ޗާގޯސް ހޯދުމަށް ވަކާލާތު ކުރަމުން އަންނައިރު، އެ ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްގެ ގޮތުގައި އިނގިރޭސިވިލާތުން ވަނީ ސިފަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;