މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ ގަވައިދާ ހިލާފަށްް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރި މަސައްކަތްތައް ހާމަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓާއި ގުޅިގެންނެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައްހަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކް ޕާމިޓުގައި މިވަގުތު ރާއްޖޭގައި ގާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގާ ނިމިފައިވާކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު މިއަދަދު ހުރީ ހުރީ އެންމެ 13 އިން ސައްތައިގައިކަމަށްވެސް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
މި ޕޯސްޓް ޝެއާކޮށް ހޯމް މިނިސްޓަރު އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެ އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލައިގައި ހޯދާފައިވާ ކުރިއެރުމަކީ ކުރީގެ އެއްވެސް ސަރުކާރަކަށް ކާމިޔާބު ނުކުރެވުނު ކުރިއެރުމެއް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;