ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހި ދައުލަތުގެ ސިޔާދަތު ރައްކާތެރިކުރުމާއި، ގައުމީ މަސްލަހަތު އިސްކުރުމާއި، އިންސާނީ ހައްގުތައް ކުރިއަރުވައި ހިމާޔަތްކުރުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސް ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ "ދިވެހިރާއްޖެ އިސްކުރުން" މި އުސޫލުގެ މައްޗަށްކަން އެ މިނިސްޓްރީން އަލުން ބުންޏެވެ.
ފޮރިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ސިޔާދަތީ މިނިވަން ދައުލަތެއްގެ ހައިސިއްޔަތުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރަނީ ގާއިމުކުރެވިފައިވާ މުއައްސަސާވީ ނިޒާމުތަކުގެ ތެރެއިންނެވެ. އަދި ހާރިޖީ ސިޔާސަތާއި، ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން އާންމުކޮށް ދައްކާ ވާހަކަތަކަކީ އޭގެ ސަބަބުން ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ކަންކަން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދިވެހި ރައްޔިތުންގެ ސިޔާދަތާއި ކަރާމާތް ރަމްޒުކޮށްދޭ ހާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނީ އިންޑިއާގެ ނިއުދިއްލީގައި އިއްޔެ އޮތް 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގެ ހާރިޖީ ގުޅުންތަކާ ބެހޭގޮތުން ވާހަކަދައްކަވާފައި ވަނިކޮށެވެ. އެގޮތުން ފޯޅަވަހި މައްސަލައަށް އެމަނިކުފާނު އަލިއަޅުވާލައްވާފައިވެ އެވެ.
މި ދަތުރުފުޅުގައި، ރާއްޖެ އަށް ކުރިމަތިވެފައިވާ ބޭރު ފަައިސާގެ ދަތިކަމާގުޅޭ ގޮތުން އިންޑިއާ ސަރުކާރުގެ ބޭފުޅުންނާއި ވެސް މަޝްވަރާތަކެއް ކުރައްވާފައިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު، އެކުވެރި ދައުލަތްތަކުން ދޭ ފައިސާ އިސްރާފުކުރަމުންދާ ނަމަ، އެ ގައުމުތަކުގެ އިސް ފަރާތްތަކުން ވެސް އެއްޗެހި ހިތަށް އަރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;