ޑިފެންސް މިނިސްޓަރު ހަސަން މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެ އެވެ.
މިނިސްޓަރު ވިދާޅުވީ ގައުމަށް ގެއްލުންވެދާނެ ސިޔާސަތުތަކާ ދުރުވާންޖެހޭ ކަމަށާއި ރައީސް މުއިއްޒު ގަބޫލުފުޅު ކުރައްވާ ގޮތުގައި ގައުމަށް ބޭނުންތެރި ބަޔަކު އުފެއްދެވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެ މަގުސަދުގައި ގައުމުގެ ޒުވާނުން ތަރުބިއްޔަތުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ތަރާއަފުކުރި ވަތަނީ ހިދުމަތަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ ޕްރޮގްރާމަކީ ރައީސް ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ޕްރޮގްރާމެއް ކަމަށާއި އެއީ ޒަމާންތަކެއް ވަންދެން ޒުވާނުންނަށް އަޅާނުލެވި އޮތް އޮތުން ނިމުމަކަށް ގެނެސް ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ދިވެހި ސަރުކާރަކުން މިހާތަނަށް ފެށި އެންމެ ފުޅާ އަދި އެންމެ ފުރިހަމަ ޕްރޮގްރާމު ކަމަށެވެ.
ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގެ ފަސްގަނޑު ދިފާއުކޮށް، ގައުމުގެ އިސްތިގުލާލާއި ސިޔާދަތީ ބާރު ނެގެހެއްޓުމަށް ކަމަށެވެ. އަދި ދިވެހިންނަކީ ކަނޑުގެ ދަރިން ކަމަށްވާތީ، އިންޑިއާ ކަނޑުގެ އެންމެ ޒަމާންވީ އެއް ހަޟާރަތުގެ ހައިސިއްތަތުން ދިވެހިންނަށް ހައްގުވާ މިންވަރު ހޯދުމަށް ރައީސް ގެންގުޅުއްވާ އިހުލާޞްތެރި ނިޔަތް ހާސިލްކުރުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމަށްވެސް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި އެވެ.
ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމީ ޖަލްސާގެ ތެރެއިން ރާއްޖޭގެ އަސްކަރީ ތާރީޙު ދައްކުވައިދޭ ރިޕޯޓަކާއި ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފަ އެވެ. މީގެ އިތުރުން، ގިނަ ދުވަހު ހިދުމަތްކުރެއްވި ސިފައިންގެ އަގު ވަޒަންކުރުމަށް ހާއްސަ މެޑަލިވެސް މިޖަލްސާގައި ވަނީ ދެއްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;