ads
ރައީސް މުއިއްޒު އަދި ހައުސިން މިނިސްޓަރު މުއްތަލިބް
ނުކުޅެދޭމީހާގެ ބެލެނިވެރިނަށް ފްލެޓަށް ލެވޭނެ، މިމަހު 20ގައި ހުޅުވާލާނެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދި ހުށަހެޅޭ ގޮތަށް އިސްލާހުކޮށްފިއެވެ.
Advertisement

ހައުސިން މިނިސްޓްރީން މިއަދު ބުނީ  ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރި ފަރާތުން ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. 

ފޯމު ފުރުމަށް ދަތިވާ ފަރާތްތަކާއި 18 އަހަރު ފުރިފައިނުވާ ފަރާތްތަކުގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން ފްލެޓަށް އެދި މިހާރު ހުށައެޅޭނެ ގޮތަށް ހަދާފައިވާކަމަށެވެ. 

މި ބަދަލާއި އެކު މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ކެޓަގަރީގެ ފޯމުތައް ބަލައިގަންނަން ފަށާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ފޯމު ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަދުވަހު ދަންވަރު 12 ޖެހުމާއި ހަމައަށް އޮންނާނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. 

މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުން ނަމަވެސް މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް ހުށަހެޅޭ ގޮތަށް ވަނީ ހަދާފައެވެ. އަދި އެ މީހެއްގެ ނުކުޅެދުންތެރިކަމަކަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށްވެސް ފޯމު ހުށަހެޅޭނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. 


މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;