އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތަން ހުޅުވާދެއްވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި، އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޖަމްޝީދާއި އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހުއެވެ.
އޭދަފުށީގައި ހެދި ”ވެށި ފަންނު“ ސަރަހައްދު ތަރައްގީކުރީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.
5 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ހެދި މި ސަރަހައްދަކީ 2014 ވަނަ އަހަރު އެރަށުގެ ބިން ހިއްކިފަހުން މޫދަށް އެރުމަށް އެކަށީގެންވާ ރަނގަޅު ސަރަހައްދެއް އެރަށުގައި ނެތުމުން ހެދި ތަނެއްކަމަށް ކައުންސިލުން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދު ތަރައްޤީ ކުރުމަށް 15،914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށްފައިވާކަމަށް ކައުންސިލުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;