ads
ޖެނިފާ ލޯޕޭޒް---
ޖެނީފާ ގޮތަށް ޒުވާންކޮށް ހުންނަ ބޭނުން ނަމަ ކުރެވިދާނެ ބައެއް ކަންތައް މި ހުރީ!
ޖެނީފާ ލޯޕޭޒް ޒުވާންކަމުގެ ސިއްރު އެ ފަންނާނު ވަނީ އޭނާގެ ފޭނުންނާ ހިއްސާ ކޮށްލާފަ އެވެ.

ޖެނިފާ ލޯޕޭޒް އަކީ ހޮލީވުޑްގެ ފަންނާނުންގެ ތެރެއިން އެންމެ މަޝްހޫރު އަދި އެންމެ ކުޅަދާނަ ފަންނުންގެ ތެރެއިން ހިމެނޭ ތަރި އެކެވެ. މީގެ އިތުރުން، ޖެނިފާ އަކީ އޭނާގެ ރީތި ކަމާ ހެދި މުޅި ދުނިޔެއަށް މަޝްހޫރު ވެފައިވާ ފަންނާނެ ކެވެ. އުމުރުން 50 އަހަރުގެ މި ތަރި އަދިވެސް ބަލާ ބެލުމަށް ފެންނަނީ ވަރަށް ޒުވާންކޮށެވެ.

ޖެނިފާ އެ ޒުވާން ކަމުގައި ދެމިހުރުމުގެ ސިއްރު އޭނާ ވަނީ ހިއްސާ ކޮށްފަ އެވެ. ސްކިން ކެއާ އިން ފެށިގެން ސިއްހަތައް ފައިދާވާ ކަހަލަ ޑައިޓުތައް ކުރުމަކީ ޖެނިފާ ރަނގަޅު ސިއްހަތެއްގައި ދުޅަހެޔޮކޮށް ހުރުމަށް ކުރާ ބައެއް ކަންތައް ތަކެވެ.

ޖެނިފާ ދެކޭ ގޮތުގައި ހަށިގަނޑަށް ފައިދާ ހުރި އެންމެ ރަނގަޅު އެއް ކަމަކީ ގަޑިން ގަޑިއަށް ބޭނުންވާ ވަރަށް ނިދި ލިބި ގަތުމެވެ. އެގޮތުން، ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ހޯދުމަކީ އޭނާ ކުރާ ކަމެކެވެ. ޖެނީފާ، ދެ ކުދިން ބަލަމުން އޭނާގެ އެކްޓު ކުރުމުގެ މަސައްކަތާއި، ލަވަ ހަދާ ލަވަ ކިޔުމުގެ މަސައްކަތް ކުރަމުންދާއިރު ކޮންމެ ދުވަހަކުވެސް އަށް ގަޑިއިރުގެ ނިދި ހޯދޭތޯ މަސައްކަތް ކުރާ ކަމަށް ޖެނިފާ ވަނީ ބުނެފަ އެވެ. 

ބޭނުންވާ ވަރަށް ނިދި ލިބިގަތުމުގެ އިތުރުން، ހަށިގަނޑަށް ބޭނުންވާ ވަރަށް ދިޔަތަކެތި ބޭނުން ކުރާ ކަމަށާއި، ރަނގަޅު ކާނާ ކެއުމަށް އޭނާ ވަރަށް ބޮޑަށް ބަލާކަމަށް ވެ އެވެ. ޖެނިފާ ގަބޫލު ކުރާގޮތުގައި ރީތިކޮށް، ޒުވާން އަދި ތާޒާ ކޮށް ހުރުމަށް ބޭނުންވާ ނަމަ ފުރަތަމަ މީހާގެ އެތެރެ ހަށީގެ ސިއްހަތު ރަނގަޅަށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ގިނައިން ފެން ބޮއެ، ހަށިގަނޑަށް ފައިދާވާ ކަހަލަ މޭވާ އާއި ތަރުކާރީ ކެއުން އާދަ ކުރުމަކީ ސިއްހަތު ރަނގަޅު ކޮށްލާ އަދި މީހާ ޒުވާން ކޮށްލާ ކަމެކެވެ.

ޖެނިފާ އަކީ ސިނގިރޭޓު ފަދަ އެއްޗހި ބޮއެ އުޅޭ މީހެއް ނޫން ކަމަށް އޭނާގެ ލޯބި ވެރިޔާ އެލެކްސް ރޮޑްރިގޭޒް ވަނީ ބުނެފަ އެވެ. ޖެނިފާ އަކީ ވަރަށް ރީތި ދިރިއުޅުމެއް އުޅޭ ވަރަށް ބަލައިގެން ކަންތައް ކުރާ މީހެއް ކަމަށް ވެސް ރޮޑްރިގޭޒް ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ޖެނިފާ ލޯޕޭޒް އަކީ ކެފެއިން އާ ވެސް ވަރަށް ދުރު މީހެއް ކަމަށް ޔޫއެސް ވީކްލީ އިން ވަނީ ރިޕޯޓު ކޮށްފަ އެވެ. ޔޫއެސް ވީކްލީ އާ ވާހަކަ ދައްކަމުން ޖެނިފާ ބުނީ ކޮފީ ތައްޓެއް ބޯލި ހަނދާން ވެސް އޭނާ ނުވާ ކަމަށެވެ. 

ޖެނީފާ ހަށިގަނޑަށް ބަލާ އިރުގައި، ކަސްރަތު ކުރުމުގެ ކުރިންނާއި ކަސްރަތު ކުރުމަށް ފަހު މޫނާއި ތަންތަން ރަނގަޅަށް ސާފު ކުރެއެވެ. އެގޮތަށް ކަންތައް ކުރުމުން މީހާ ތާޒާވެ، ހިތްހަމަ ޖެހުން ލިބޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ނިދުމުގެ ކުރިން ވެސް އޭނާ ރީތި ކޮށް މޫނު ދޮވެލާ މޫނު ސާފު ކޮށްލަ އެވެ.

މީގެ އިތުރުން ޖެނިފާ އޭނާގެ ހަންގަނޑު އަވިން ރައްކާތެރި ކުރުމުގެ ގޮތުން ސަން ލޯޝަން ބޭނުން ކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އިރުގެ އަލްޓްރާ ވައިލެޓް ރޭސް އިން ހަމުގައި އެކުލެވޭ ސެލް އަށް އަސަރު ކުރާއިރު ސަން ލޯޝަން ބޭނުން ކުރުމުން ވެސް މީހާގެ ހަންގަނޑު ރީތި ކޮށް ރައްކާތެރި ކޮށްލަ އެވެ. އަދި މޫނުގައި އެވާ ތާޒާ ކަން ހޯދުމުގެ ގޮތުން ކޮންމެ ދުވަހަކު މޮއިސްޗަރައިޒް ކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެގޮތުން، މޫނު މަތި އުޖާލާކޮށް ބެހެއްޓުމަށް މޮއިސްޗަރައިޒް ކުރުމުގެ ގޮތުން އޭނާ ގްލައިކޯލިކް އެސިޑް ބޭނުން ކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް