ads
ޕީއެންއެފްގެ ގައުމީ ޖަލްސާގެ ތެރެއިން؛ ފޮޓޯ: ޗެނަލް 13
ޕީއެންއެފް ޕާޓީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ކުރީގެ ރައީސް އަބްދުالله ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ޕާޓީ އެއްލައްކަ ރުފިޔާއިން މިއަދު ޖޫރިމަނާކޮށްފި އެވެ.
Advertisement

ޕީއެންއެފް ޖޫރިމަނާކުރިކަން އަންގާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން  ވަނީ އިއްޔެ އެޕާޓީގެ ލީޑަރު، ރައީސް ޔާމީނަށް ސިޓީއަކުން އަންގާފައެވެ. 

އެސީޓީގައި ވަނީ ޕީއެންއެފުން ސިޔާސީ ޕާޓީގެ ގާނޫނުތަކާ ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވެފައިވާކަމަށެވެ. އަދި އެކަން ތަކުރާރުކޮށްް ނުކުރުމަށް އެންގުމުންވެސް ހުއްޓާލާފައި ނުވާކަމަށާއި އެ ޕާޓީއާ ބައްދަލު ކުރުމަށް އީސީން އެދުމުންވެސް އެކަމާއި ދެކޮޅު ހަދާ ބައްދަލުކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އެޕާޓީ 100،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށްވެސް އީސީން ފޮނުވި ސިޓީގައިވެއެވެ.

"ތިޔަ ޕާޓީއިން ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 45 ވަނަ މާއްދާއާ ތަކުރާރުކޮށް ހިލާފުވެފައިވާތީ، އެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން 100،000 (އެއްލަކަ) ރުފިޔާއިން ޖޫރިމަނާކޮށްފީމެވެ،" އިީސީގެ ސިޓީގައިވެއެވެ.

ޖޫރިމަނާކުރުމުގެ ޕީއެންއެފް އާއި އެ ޕާޓީއަށް ނިސްބަތްވާ މީހުން ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް އަމަލުނުކުރާނަމަ، އެ އަމަލެއް ހިންގާ މީހަކަށް ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އިލެކްޝަންސް ކޮމިޝަނުންް އެ ޕާޓީއަށް ފޮނުވި ސިޓީގައިވަނީ ދީފައެވެ.

ސިޔާސީ ހަރަކާތްތައް ހިންގޭނީ ޕާޓީތަކުގެ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގަވާއިދާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނު އަދި ރާއްޖޭގައި އަމަލުކުރަމުންދާ އެހެނިހެން ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިންކަމަށް އިލެކްޝަންްސް ކޮމިޝަނުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;