ads
މިދިޔަ އަހަރު ބޭއްވި މާލި ޕްްރޭޑްގެ ތެރެއިން
ކުޅުދުއްފުށި މާލި ޕެރޭޑްގައި ބައިވެރިވާން ހުޅުވާލައިފި
ކޮންްމެ އަހަރަކުވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކުޅުދުއްފުށި މާލި ޕެރޭޑްގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
Advertisement

ކުޅުދުުއްފުށި މާލި ޕެރޭޑް ކޮންމެ އަހަރެއްގައިވެސް ބާއްވަމުން އަންނަނީ ބޮޑު އީދާ ދިމާކޮށެވެ. ޕްރޭޑް އޮންނަނީ އީދުގެ ދެވަނަ ދުވަހުއެވެ. 

ކުުޅުދުއްފުށި ސިޓީ ކައުންސިލުން މިހާރު ވަނީ މިއަހަރުގެ މާލި ޕްރޭޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. 

ކުޅުދުއްފުށީ ކައުންސިލުން ބުނީ މާލި ޕްރޭޑްގައި  ބައިވެރިކުރެވޭނީ އިސްލާމް ދީނާ ފުށު ނާރާ މާލިތައްކަމަށެވެ. އަދި އެ ފަރާތަކުން ނެރޭ މާއްޔަކަށް ޒިންމާވާންޖެހޭނީ އެ މާއްޔެއް ހެދި ބަޔަކުން ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. 

your imageކުޅުދުށްފުށި މާށި މާލި ޕްރޭޑްގެ ތެރެއިން 

މީގެއިތުރުން މާލިތައް ހުންނަންްވާނީ އާއްމު އިޖްތިމާއި މިންގަޑަށް ފެތޭގޮތަށްކަމަށާއި މީހުން ފޮޓޯއާއި ނަން ބޭނުންކުރުމަކީ މަނާކަމެއްކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މި ޕްރޭޑްގައި ކުދި ބޮޑު މާލިތައް ބައިވެރިވާން އެދޭކަމަށްވެސް ސިޓީ ކައުންސިލުން ބުނެެއެވެ. 

ހދ.ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މާލި ޕެރޭޑް ވެގެންގޮސްފައި ވަނީ ކޮންމެ ފަހަރަކުވެސް ސިޔާސީ ކަންކަަމަށް ހަޖޫ ޖަހާ ރައްޔިތުންގެ ޝުއޫރު ބަންޑުކޮށްލާ ހަރަކާތެއްގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;