މި މައްސަލާގައި ހުކުމްކޮށްފައި ވަނީ ގ. ސައުތުބްރީޒް / މާލެ، މަރްޔަމް ރިޔާސާ (43އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ.
މި މައްސަލާގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޖިންސީ ކުށުގެ ގާނޫނުގެ 44 ވަނަ މާއްދާއާއި 35 ވަނަ މާއްދާގެ ދަށުން މަރްޔަމް ރިޔާސާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 6 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައި ވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
މިއީ ދިވެހިރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ހިދުމަތުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށް އިތުރުވި ބޮޅެއްކަމަށްް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;