އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓުންކަމަށް ފުލުހުން ބުނެއެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ގ. ނާޝިދުވިލާ / މާލެ، ފާޠިމަތު ޝާޙާ އިބްރާހީމް (22އ) އެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 216.12 ގުރާމުކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;