ads
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު މީޑިއާ ސަމިޓްގައި ވާހަކަދައްކަވަނީ - ފޮޓޯ: ބީއެމްއެލް
މާލީ ނިޒާމުގެ ހަމަ ޖެހުމަށް މައުލޫމާތުގެ އިތުބާރު ދެމެހެއްޓުން މުހިންމު: ޝަރީފް
ޑިޖިޓަލް މާހައުލުގައި މައުލޫމާތު ފެތުރޭ ދުވެލި ހަލުވިވެފައިވާއިރު، ހަބަރާއި މައުލޫމާތުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަކީ މާލީ ނިޒާމާއި މުޅި އިގުތިސާދުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ޝަރީފް މިހެން ވިދާޅުވީ ވިލާނޯޓިކާގައި މިއަދު ފެށި 21 ވަނަ އޭޝިއާ މީޑިއާ ސަމިޓްގައި ވާހަކަދައްކަވަމުންނެވެ.

އޭޝިއާ މީޑިއާ ސަމިޓަކީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް، އޭއައިބީޑީއާއި ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން އިންތިޒާމުކުރާ ސަމިޓެކެވެ. "މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓް ކުރިއަށްދާނީ މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާގައެވެ. މި ސަމިޓްގެ މެއިން ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ.

ވިލާނޯޓިކާގައި މިއަދު ފެށި އޭޝިއާ މީޑިއާ ސަމިޓްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މާލީ ދާއިރާ އާއި މީޑިއާގެ ދާއިރާއަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ދާއިރާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އާންމުންނާ ހަމައަށް ފޯރުކޮށްދެވޭ މަޢުލޫމާތުގެ ފެންވަރާއި ސައްހަކަމުގެ މައްޗަށް ބިނާކޮށް، މާލީ ނިޒާމަށް އޮންނަ އިތުބާރު ވަރުގަދަވުން ނުވަތަ އެ އިތުބާރަށް ލޮޅުން އެރުން ބިނާވެގެންވާ ކަމަށެވެ. 

އަދި މިއީ ހަމައެކަނި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް މުހިންމު ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ގައުމުގެ އިގުތިޞާދުގެ ބިންގާ ކަމަށްވާ ބައިނަލްއަގުވާމީ ގުޅުންތަކަށްވެސް އަސަރުކުރާނެ ކަމަށެވެ. މީގެތެރޭގައި ކޮރެސްޕޮންޑެންޓް ބޭންކިންގ ގުޅުންތަކާއި، ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި، ތަރައްޤީއަށް މަސައްކަތްކުރާ އިދާރާތައް ހިމެނެ އެވެ.
"ހަބަރުތަކާއި މައުލޫމާތު ވަގުތުން އަދި ސައްހަކަމާއެކު ފެތުރުމަކީ އިތުބާރު ދެމެހެއްޓުމަށާއި ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިކޮށްދޭ ކަމެ" ޝަރީފް ވިދާޅުވި އެވެ. 

ޓެކްނޮލޮޖީގެ ސަބަބުން މުއާސަލާތީ ގުޅުންތަކަށް ހަލުވިކަން އައި ނަމަވެސް މައުލޫމާތުގެ ތެދުވެރިކަމާއި ފަންނީ އަހުލާގު ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ހަމައެކަނި ޓެކްނޮލޮޖީއާ ގުޅުންހުރި ކަމެއް ނޫނެވެ. އޭގެ ހަގީގީ މަގުސަދަކީ އެންމެން ބައިވެރިކުރުމާއި ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގު ފަހިކުރުމާއި އިތުބާރު ގާއިމުކުރުމުގެ އިތުރުން އެމީހަކު ދިރިއުޅޭ ތަނަކަށް ބެލުމެއްނެތި ކޮންމެ މީހަކަށްމެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;