ads
އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އާއި ޝަހުޒާން.
ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި
އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
Advertisement

ޝަހްޒާނާއި ލީވާން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލާގައި ކްރިމިނަލްކޯޓުން ނެރެފައިވާ އަމުރާ ހިލާފިކަމަށް ކަނޑައަޅާ ކޯޓު ހުރުމަތް ކެނޑިކަމަށް ކަނޑައެޅުމަށްފަހުއެވެ. 

ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.

ޝަހުޒާން ޖަލަށްލާން ހުކުމްކުރީ  "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.

ލީވާން ޖަލަށްލާން ނިންމީ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް އަދަފު ނޫހުގައި ލިޔުމެއް ލިޔުމުންނެވެ. 

އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީ މައްސަލާގައި ކްރިމިނަލްކޯޓުން އާދިއްތަ ދުވަހުގެ ރޭ  ވަނީ އެންމެންގެ މައްޗަށް އަމުރެއް ނެރެފައެވެ. އެ އަމުރުގައި ވަނީ މިމައްސަލާގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދައުވާ ކުރެވިގައިވާ ހާދިސާއާ ގުޅޭ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކްރިމިނަލްކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލާ ސިއްރުކޮށްގެން ގެންދާތީ މައްސަލަގައި ހުށައާޅާގައިވާ ލިޔުންތަކާއި ޝަރީއަތުގެ ވާހަކަތައްވެސް ނުފެތުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 

އަމުރުގައި ނުކުރަން އަންގާފައިވާކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމަށް ބެލިދާނެކަމަށްވެސް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުނީ ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން މިއަދު އެދުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;