އުމަރު މީހެން ވިދާޚުވެފައި މިވަނީ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލާގައި ކްރިމިނަލްކޯޓުން ނެރެފައިވާ އަމުރާ ހިލާފުވިކަމަށް ކަނޑައަޅާ އެ ނޫހުގެ ދެ ނޫސްވެރިން ޖަލަށްލުމަށް ކްރިމިނަލްކޯޓުން މިއަދު ހުކުމް ކުރުމާއި ގުޚިގެންނެވެ.
އުމަރު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިން ޖަލަށްލައިގެން އަނގަ ބަންދުކުރަންޖެހޭ ހިސާބަށް ކަންކަން އައުމީ، އެވެރިކަމެއްގެ ނިމުމުގެ ފެށުންކަމަށެެވެ. އަދި މީ ރާއްޖޭގެ ތާރީހުން ފެންނަން އޮތް ކަމެއްކަމަށްވެސް އުމަތު ވިދާޅުވިއެވެ.
ރައްޔިތުންގެ ކަންކަމާއި ހަވާލުވެގެން ތިބޭ ވެރިންނަކީ އާއްމު ފަރުދުންނާއި ހިލާފަށް އެމީހުންގެ މައްޗަށް ކުތެވޭ ތުހުމަތުތައް އަޑުގަދަވާނެެ ބައެއްކަން ދެނެތިބެގެން އެކަން ކަމާ ހަވާލުވާ ބައެއްކަމަށް އުމަރު ވިދާޅުވިއެވެ. އަދި ވެރިންނަށް ކުރެވޭ ތުހުމަތުތަކަކީ އެހެން އާއްމު ފަރުންނެކޭ އެއްގޮތަށް މިނެކިރާ އެއްޗެއް ނޫންކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.
ޝަހުޒާން ޖަލަށްލާން ހުކުމްކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.
ލީވާން ޖަލަށްލާން ނިންމީ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް އަދަފު ނޫހުގައި ލިޔުމެއް ލިޔުމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;