ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި "އަދަދު" ނޫހުގެ މުހައްމަދު ޝަހުޒާން ޖަލަށްލީ 15 ދުވަހަށެވެ. ލީވާން އަލީ ނާސިރަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.
ޝަހުޒާން އާއި ލީވާން ބަންދުކުރުމާ ގުޅިގެން އިބޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރައްޔިތުންގެ ފާޑުކިޔުންތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއަށް އިތުރުވި، ލަދުވެތި ބާބެއް ކަމަށެވެ. އަދި މިއީ ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރުން އަތްގަދަ ކުރާ ކަމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވި އެވެ.
ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކޮށްފައި ވަނީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ހަބަރެއް ލިޔެގެން ކަމަށް ބުނެ އެވެ. އަދި، ޝަހުޒާން ހާޒިރުކޮށްފައި ވަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ހިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.
ޝަހުޒާން އާއި ލީވާންގެ މައްސަލަ ވެސް ގުޅިފައި ވަނީ އަދަދުން ނެރުނު "އައިޝާ" ޑޮކިޔުމެންޓްރީގައި ރައީސް މުހައްމަދު މުއިއްޒަށް ކުރާ ތުހުމަތުތަކާ އެވެ. އެ ތުހުމަތުތަކުގެ ވާހަކަ ހުއްޓުވުމަށް ކޯޓުން ވަނީ މުޅި ރާއްޖެއަށް "ގޭގް އޯޑަރެއް" ނެރިފަ އެވެ.
އެ ގޮތުން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ:
މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;