ads
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް
ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ ޕީޖީން ނިންމައިފި
މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ން ދެންމެ ނިންމައިފި އެވެ.
Advertisement

ނާޒިމް މަޖިލީހުގެ ނައިބް ރައީސްކަމުން ވަކިކުރަން ޕީއެންސީން ނިންމި އިރު މިއަދު ހެނދުނު އޭނާ ވަނީ ޕީއެންސީ މަޖިލިސް މެމްބަރުން ތިބޭ ވަޓްސް އަޕް ގްރޫޕުންވެސް ބޭރުކޮށްލާފައެވެ. 

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީ މަޖިލިސް މެމްބަރު މީގެ ކުރިންވެސް މަޝްވަރަކުރިކަމަށް ހަބަރު ފެތުރުނެވެ. އެހެންނަމަވެސް އެކަން ޢޭރު ވަނީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދޮގުކުރައްވަފައެވެ. 

ޕީއެންސީގެ ޕީޖީ ގްރޫޕުން މިއަދު ނިންމާފައިވަނީ ނާޒިމް މަގާމުން ދުރުކުރުމަށެވެ. އަދި އެކަން ކުރުމަށް އޭނާގެ އިތުބާރު ނެތްކަމުގެ މަައްސަލައިގައި ސޮއިކޮށް، އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ކުރަން ޖެހޭ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;