ads
އެމްްޓީސީސީގެ ޓެކްްސީ
ފައިސާ ދައްކައިގެން 13000 ވުރެ ގިނަ މީހުން ދަތުރުކޮށްފި
ސަރުކާރުން ތައާރަފުކުރި މާލޭ ޓެކްސީ ލައިނުގެ ހިދުމަތަށް އަގު ނަގަން ފެށި ފަހުން މިހާތަނަށް 13،000 ވުރެ ގިނަ މީހުން ޓެކްސީ ދަތުރުތައް ކޮށްފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
Advertisement

އެމްޓީސީސީން "މާލެ ޓެކްސީ"ގެ ނަމުގައި ޓެކްސީ ދަތުރުތައް ކުރަން ފެށީ މިދިޔަމަހުގެ ދެވަނަ ދުވަހުއެވެ. ފުރަތަމަ ހިލޭ ދަތުރުތައް ބޭއްވުމަށްފަހު ޓެކްސީ ދަތުރުތަކަށް އަގު ނަގަން ފެށީ މިދިޔަ މަހުގެ 18 ވަނަދުވަހުން ފެށިގެންނެވެ. އެމްޓީސީސީގެ ޓެކްސީ ލައިންގެ ހިދުމަތް 24 ގަޑިއިރު ދެމުން އަންނައިރު 150 ކާރު އަންނަނީ ބޭނުންކުރަމުންނެވެ.

އެ ކުންފުނިން މިއަދު އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 13073 ދަތުރު ޓެކްސީތައް ވަނީ ކޮށްފައެވެ. އަދި ޓެކްސީ ބޭނުންކުރި މީހުންގެ އަދަދު 9550 މީހުންނަށް އަރާކަމަށް އެމްޓީސީސީން ބުނެއެވެ. 

އެގޮތުން މާލޭތެރޭގައި ޓެކްސީ ދަތުރުތައް ކުރި އަދަދަކީ 9395 އެކެވެ. ހުޅުލެއަށް 429 ދަތުރުވަނީ ޓެކްސީ ލައިންނުން ކޮށްފައެވެ. މީގެއިތުރުންް ހުޅުމާލެ ފޭސް އެކަކަށް 1966 ދަތުރު އަދި ފޭސް ދޭކަށް 1283 ދަތުރު ވަނީ ކޮށްފައެވެ. 

ޓެކްސީ ލައިން ބޭނުންކުރާ މީހުންނަށް ވަކި އެޕެއް ތައްޔާރުކޮށްފައިވާއިރު އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް އޭގައިވާ ކިއުއާރު ކޯޑް ބޭނުންކޮށްގެންވެސް ދަތުރުތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. 

މަގުމަތިން އަތް ނަގައިގެން ޓެކްސީ ލައިންގެ އެއްވެސް ޓެކްސީ މަޑުނުކުރާނެކަމަށް އެމްްޓީސީސީން ވަނީ ބުނެފައެވެ. އެ ހިދުމަތް ހޯދުމަށް ގުޅަންްޖެހޭނީ 1655 އަކަށް އެމްޓީސީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;