ads
ހައިކޯޓުން ވޯޓްތައްް ބާތިލުކުރުމުން އެމްޑީޕީއަށް ލިބުނު ގޮނޑި ޕީއެންްސީއަށް
ހައިކޯޓުން ވޯޓްތައްް ބާތިލުކުރުމުން ވޭވަށޫ ކައުންސިލުން އިދިކޮޅު އެމްޑީޕީއަށް ލިބުނު ގޮނޑި ވެރިކަން ކުރާ ޕީއެންްސީއަށްް ލިބިއްްޖެއެވެ.
Advertisement

ވޭވަށު ކައުންސިލްގެ އާއްމު މެމްބަރުގެ ގޮނޑި ކާމިޔާބުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނަތީޖާއިން ބުނީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމްއެވެ. އޭނާ އެ ގޮނޑި ޕީއެންސީ ކެންޑިޑޭޓް މުހައްމަދު ނަޒީހާ ވާދަކޮށް ކާމިޔާބުކުރީ 121 ވޯޓުންނެވެ. ނަޒީހަށް ލިބުނީ 119 ވޯޓެވެ. 

މި ވޯޓުގައި ބާތިލް ވޯޓު ގުނާފައިވާކަމަށް ބުނެ ޕީއެންސީ ކެންޑިޑޭޓް މައްސަލަ ޖެއްސުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެކުރިން އެ ފޮށި އަލުން ކަނޑާ ގުނާފައެވެ. ވޯޓު އަލުން ގުނުމުން ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ އަދަދުން އެއް ވޯޓު މަދުވިއެވެ. އެހެންނަމަވެސް މޮޅޫވި ކެންްޑިޑޭޓަކަށް ބަދަލެއް ނާދެއެވެ. 

އެ މައްސަލަ ޕީއެންސީ ކެންޑިޑޭޓް ހައިކޯޓަށް ހުށައެޅުމުން މިއަދު އިއްވި ހުކުމާއި އެކު އެ ގޮނޑި ވަނީ އެމްޑީޕީއަށް ގެއްލި ޕީއެންސީއަށް ލިބިފައެވެ. ތިން ފަންޑިޔާރުން ހިމެނުނު ބެންޗުން ދެ ފަންޑިޔާރުން ނިންމާފައިވަނީ އިންތިހާބުގައި މައްސަލަ ޖެހުނުކަމަށް ބުނާ ތިން ބޯޓް ބާތިލުކަމަށް ކަނޑައަޅަންށެވެ. އެ ނިންމުމާއި އެކު އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވާ 121 ވޯޓް 118 ވޯޓަށް ބަދަލުވެގެން ދިޔައެވެ. ޕީއެންްސީ ކެންޑިޑޭޓަށް ލިބުނު އެއްވެސް ވޯޓެއް މަދުނުވެ އޭނާގެ ނަތީޖާ 119 ގައި އޮތުމުން އެ ގޮނޑި ވަނީ ޕީއެންސީއަށް ލިބިފައެވެ. 

މި މައްސަލައިގެ ތިން ވޯޓު ބާތިލުކަމަށް ކަނޑައަޅަން ނިންމީ މި މައްސަލައިގެ ބެންްޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްއެވެ. ފަނޑިޔާރު ރައޫފަކީ ޕީއެންސީ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވެފއި ވަނިކޮށް ހައިކޯޓަށް އައްޔަންކޮށްފައިވާ ބޭފުޅެކެވެ. 

މި މައްސަލައިގެ ބެންޗުގައި ދެން އިންނެވި ފަނޑިޔާރު އިބްރާހީމް މާހިރު ރައުޔުގައި ވިދާޅުވެފައިވަނީ އިންތިހާބުގެ ނަތީޖާއަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;