އައްޑޫގައި ކުރިއަށް ގެންދާ އައްޑޫ ބިޒްނަސް ޑައިލޮގް ފޯރަމްގައި މި ކެމްޕެއިން އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އެސްއެމްއީއިން ބުނިގޮތުގައި 360 ކެމްޕެއިނަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާ، އިތުރު ހަރުފަތަކަށް ގެންދިޔުމުގެ މަގްސަދުގައި އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޮށްދޭ މާލީ ހައްލުތަކާއި އެސްއެމްއީ ޑިޖިޓަލްގެ އަދާ ކުރާ ދައުރަށް ހޭލުންތެރިކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ކެމްޕެއިނެކެވެ.
މިގޮތުން މި ކެމްޕެއިންގެ ސަބަބުން އެސްއެމްއީ ޑިޖިޓަލްއާއި ކުދި ވިޔަފާރިތަކާއި މުޖުތަމައުއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އިގްތިސާދުގައި ކުދި ވިޔަފާރިގެ ދައުރު ފުޅާކޮށް ބާރުވެރިކުރަށް އެހީތެރިވެދޭނެ އެވެ.
މި ކެމްޕޭނާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ މިއީ އެސްއެމްއީ ޑިޖިޓަލްއިން ކުރަމުން އަންނަ މަސައްކަތްތަކަށް އާންމުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ. އެގޮތުން ކެމްޕޭންގެ ތެރޭގައި އަލަށް ފަށާ ވިޔަފާރިތަކާއި، މިހާރު ހިންގަމުން އަންނަ ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީ އަދި މާލީ އެހީދެވޭނެ ގޮތްތަކެއް ކިޔައިދެނޭ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެސްއެމްއީ ޑިޖިޓަލްގެ މާލީ އެކި ޙައްލުތަކުގެ މައުލޫމާތު ކިޔައިދީ، ވިޔަފާރިތަކަށް އެންމެ އެކަށޭނަ ސްކީމްތަކާއި ގުޅޭ މައުލޫމާތު ކިޔައިދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީ އަދި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ން ގުޅިގެން އައްޑޫގައި މިހާރު ކުރިއަށް ގެންދާ ފޯރަމްގައި އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބައިވެރިވެ، ކުދި ވިޔަފާރިތަކުގެ ކުރިއެރުމާއި ގުޅުންހުރި މުހިންމު މަޝްވަރާތަކުގައި ބައިވެރިވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;