ads
މަޖިލިސްގެ ރައީސް އަބްދުއްރަހީމާއި ރައީސް މުއިއްޒު
ދެ ނޫސްވެރިން ޖަލަށް ލުމުން ހުށައެޅި މައްސަލަ ބޭރުކޮށްލައިފި
އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ޖަލަށްް ލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުން މަޖިލިހަށް ހުށައެޅި ކުއްލަ މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.
Advertisement

މި މައްސަލަ ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ. އޭނާ ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން އެ ނޫސްވެރިޔާ ޖަލަށްލާފައިވާކަމަށެވެ. އަދި އަދަދު ނޫހުގައި އެ ނޫހުގެ ނޫސްވެރިޔަކު ލިޔުނު ލިޔުމަކާއި ގުޅިގެން އޭނާވެސް ހައްޔަރުކޮށްފައިވާކަމަށެވެ. 

އެހެންނަމަވެސް އެ މައްސަލަ ކުއްްލި މައްސަލައއްގެ ގޮތުގައި ބަލައިނުގަތުމަށް މަޖލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނިންމަވާފައެވެ. އަދި ސަބަބެއްކަމަށް ވިދާޅުވީ ނޫސްވެރިޔަކު ލިޔުނު ލިޔުމަކުން ބަންދުކުރިކަމަށް ކުއްލި މައްސަލާގައި ބުނި އިރު އެއީ ހަގީގަތެއް ނޫންކަމަށެވެ. ނޫސްވެރިޔާ ބަންދުކުރީ ކްރިމިނަލްކޯޓުން ފޮނުވި ޗިޓަކަށް ހާޒިރުވެ ބެލި މައްސަލައެއްގައިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ. 

ޝަހްޒާނާއި ލީވާން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލާގައި ކްރިމިނަލްކޯޓުން ނެރެފައިވާ އަމުރާ ހިލާފިކަމަށް ކަނޑައަޅާ ކޯޓު ހުރުމަތް ކެނޑިކަމަށް ކަނޑައެޅުމަށްފަހުއެވެ. 

ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;