ads
މެސެޖިން ޕްލެޓްފޯމްތަކުގައި ހިންގާ އޮންލައިން ސްކޭމްތަކަށްް ސަމާލުވުމަށް ފުލުހުން އެދޭ
ހަށިވިއްކުން އިޝްތިހާރުކޮށް، ހިދުމަތް ހޯދުމުން ބްްލެކްމެއިލްކޮށް ފޭރޭތީ ސަމާލުވާން އެދެފި
އޮންލައިންކޮށް ހަށިވިއްކުން އިޝްތިހާރުކޮށް، ހިދުމަތް ހޯދުމުން ބްްލެކްމެއިލްކޮށް ފޭރޭތީ އެފަދަ ސްްކޭމްތަކަށް ސަމާލުވާން ދިވެހި ފުލުހުންގެ ހިދުމަތުން އެދެފިއެވެ.
Advertisement

ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތަކުގައި ހިންގާ އަޑި ނޭނގޭ ގްރޫޕްތަކާއި، ޗެނަލްތަކާއި އަދި ވަކިވަކި ފަރުދުންނާ މުއާމަލާތްކުރުމުގައި އާންމު ރައްޔިތުން މިއަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ. 

ފުލުހުން ބުނީ މިފަދަ ޕްލެޓްފޯމްތަކަކީ މުއާމަލާތްކުރުމަށް ބޭނުންކުރާ މަގުބޫލު ވަސީލަތްތަކަކަށް ވީނަމަވެސް، ބައެއް ފަރާތްތަކުން މި ވަސީލަތްތައް މެދުވަރިކޮށް، މަސްތުވާތަކެއްޗާއި، ވޭޕާއި، ހަށިވިއްކުމާއި އަދި މިނޫންވެސް ގާނޫނާ ހިލާފު މިފަދަ އެހެނިހެން ކަންކަމާއި މުދަލާއި ހިދުމަތްތައް އިޝްތިހާރުކޮށް، އެ ފަދަ ހިދުމަތްތައް ހޯދަން މަސައްކަތްކުރާ މީހުން ބްލެކްމެއިލްކޮށް ފޭރުމުގެ އަމަލުތައް ހިންގަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. 

" ގިނަ ފަހަރަށް ކުށްވެރިން އާންމުންގެ އިތުބާރު ހޯދުމަށްޓަކައި، އެހެން މީހުންގެ ވަނަވަރު ބޭނުންކޮށްގެން ހަދާފައިވާ ފޭކް ޕްރޮފައިލްތަކާއި، ސައްހަނޫން ޕްރޮފައިލް ފޮޓޯ އަދި އިޝްތިހާރުތައް ބޭނުންކުރެއެވެ. މިފަދަ ފަރާތްތަކުން "ބުކިން ފީ"، "ސޭފްޓީ ޑިޕޮސިޓް" ނުވަތަ "ޑެލިވަރީ ޗާޖް" ފަދަ އެކި ނަންނަމުގައި ކުރިއާލައި ފައިސާ ހޯދައެވެ. ނަމަވެސް، އެދިފައިވާ މުދާ ނުވަތަ ހިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި، އެ މުއާމަލާތުގެ ތެރެއިން ހޯދާ މައުލޫމާތުތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކޮށް ބިރުދެއްކުމުގެ އަމަލުތައް ހިންގައެވެ." ފުލުހުން ބުނެއެވެ.

 ބޭންކް ޓްރާންސްފާ ސްލިޕްތަކާއި، ސްކްރީންޝޮޓްތަކާއި، ފޯނު ނަންބަރާއި، އެކައުންޓްގެ ތަފްސީލު އަދި މެސެޖުތަކުގެ ރެކޯޑަކީ ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރާނެ މައުލޫމާތުތަކެއްްކަމަށް ފުލުހުން ބުނެއެވެ. މި މައުލޫމާތުތައް ބޭނުންކޮށްގެން، އެމީހެއްގެ އާއިލާއަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ނުވަތަ ފުލުހުންނަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުނެ ބިރުދައްކައި ފޭރުމުގެ އަމަލުތައް ދަނީ ހިންގަމުންކަމަށްވެސްް ފުލުހުން ބުނެއެވެ.

 މީގެ އިތުރުން، ބައެއް ހާލަތްތަކުގައި ކުށުގެ ޝިކާރައަކަށްވި މީހާއަށް މަޖުބޫރުކޮށްގެން ކުށްތަކުގައި ބައިވެރިކުރުވާކަަމަށްވެސް ފުލުހުން ބުނެއެވެ. މީގެ ތެރޭގައި މަނީ ލޯންޑްރިން ފަދަ ގާނޫނާ ހިލާފު ފައިސާގެ މުއާމަލާތްތައް ހިންގުމާއި، މަނާ ތަކެތި އުފުލުވުމާއި އަދި އިތުރު މީހުން މިފަދަ ގްރޫޕްތަކަށް ވެއްދުން ހިމެނޭކަމަށްވެސް ފުލުހުން ބުނެއެވެ. އަދި  މިއީ އެމީހަކު ބޮޑެތި ގާނޫނީ އަދި މާލީ ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަންތައްކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

 

ރައްކާތެރިވުމަށް އަޅަން ފުލުހުން އެދޭ ފިޔަވަޅުތައް

  • އޮންލައިންކޮށް ހިންގާ ގާނޫނާ ހިލާފު އެއްވެސް މުދަލެއް ނުވަތަ ހިދުމަތެއް ހޯދުމަށް މަސައްކަތް ނުކުރުން.
  • ނުދަންނަ މީހުންނަށް ނުވަތަ ނޭނގޭ އެކައުންޓްތަކަށް ފައިސާ ނުފޮނުވުން.
  • ބޭންކް ސްލިޕް، ޒާތީ ލިޔެކިޔުން ނުވަތަ އަމިއްލަ އެއްވެސް މައުލޫމާތެއް ނުދަންނަ މީހުންނާ ހިއްސާ ނުކުރުން.
  • އާދަޔާ ހިލާފު ބޮޑެތި ފައިދާތައް ހުށަހަޅާ ޕްރޮފައިލްތަކާއި އަދި އަވަހަށް ފައިސާ ދެއްކުމަށް މަޖުބޫރުކުރާ ފަރާތްތަކަށް ސަމާލުވުން.
  • ބިރުދައްކައި ބްލެކްމެއިލް ކުރަން ފަށައިފިނަމަ، އިތުރަށް ވާހަކަ ނުދައްކައި އަދި ފައިސާ ނުފޮނުވުން.
  • ހެކީގެ ގޮތުގައި މެސެޖުތަކުގެ ސްކްރީންޝޮޓް، ޔޫޒަރނޭމް، ފޯނު ނަންބަރު އަދި އެކައުންޓް ތަފްސީލު ރައްކާކުރުން.
  • ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް މައްސަލަ ރިޕޯޓްކުރުން.
  • އެކައުންޓްގެ މައުލޫމާތު ކުށްވެރިންނަށް އެނގިފައިވާނަމަ، ލަސްނުކޮށް ބޭންކަށް އެކަން އެންގުން.
" ތިބާގެ ބިރުގަތުމާއި ހަނުހުރުމަކީ ކުށްވެރިންނަށް ލިބޭ ހިތްވަރަކާއި ބާރެކެވެ. މިފަދަ ކަންކަން ދުރާލައި ރިޕޯޓްކުރުމަކީ ތިމާއާއި އެހެން މީހުން މި ނުރައްކަލުން ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅެވެ. ވީމާ، ޝައްކު އުފެދޭ މުއާމަލާތަކުން ދުރުހެލިވެ، އަބަދުވެސް ހޭލުންތެރިވެ ތިއްބެވުމަށް އިލްތިމާސްކުރަމެވެ." ފުލުހުން އެދިފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;