ads
ރައީސް ސާލިހް، ރައީސް ޔާމީން، ރައީސް ނަޝީދު
އެކުގައި މަސައްކަތް ކުރަން ތިން ރައީސުން ބައްދަލުވުމެއް ބާއްވަނީ
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދު ﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެކުގައި ތިން ބޭފުޅުންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
Advertisement

ގައުމު ސަލާމަތް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ރައީސް އަބްދު ﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދު އެކުގައި ނުކުންނަވަން ގޮވާލީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްްމާއިލްއެވެ. 

އޭނާ ވިދާޅުވީ ތަފާތު ވިސްނުންތައް އެއްފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭކަމަށެވެ. އަދި ހުރިހާ ރައީސުން އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަން ޖެހޭކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ. 

އެނގިފައިވާ ގޮތުގައި ތިން ރައީސުން އެކުގައި މަސައްކަތް ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަރަށް އަވަހަށް ބަައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް އެ ބައްދަލުވުން ބައްވާ އިރެއް އަދި ސާފެއް ނޫނެވެ.

ރައީސް ޔާމީން މިވަގުތު މާލޭގައި ހުންނެވި ނަމަވެސް ރައީސް ސާލިހް މިވަގުތު ހުންނެވީ އިންޑިއާގައެވެ. ރައީސް ނަޝީދު މިއަދު ވަނީ ލ. އަތޮޅަށް ފުރާވަޑައިގެންފަ އެވެ. 

ސަރުކާރާ ދެކޮޅަށް ކޮންމެ ރެއަކު ވެސް އެމްޑީޕީންނާއި ޔާމީންގެ ޕީއެންއެފްއަށް ސަޕޯޓްކުރާ މީހުން ސިލްސިލާ މުޒާހަރާތައް ކުރަމުންދެ އެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ރޭ ވަނީ މާލޭގައި މުޒާހަރާކޮށްފަ އެވެ. މި މުޒާހަރާގައި ވެސް އެމްޑީޕީންނާއި ޔާމީންގެ ޕީއެންއެފްއަށް ސަޕޯޓްކުރާ މީހުން ފެނުނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;