ކަލަންޑަރުގައި ވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މިފަހަރުވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1000 މީހުން ކޯޓާއެއް ވަނީ ލިބިފައެވެ.
މިއަހަރު ހައްޖަށްދާ ދިވެހިންގެ ފުރަތަމަ ގްރޫޕް ފުރަން ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 15:25 ގައެވެ. މާދަމާ ފުރުމަށް ހަމަޖެހިފައިވަނީ 235 ހައްޖުވެރިންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުވެސް ހައްޖުވެރިންނާއި، އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ހިދުމަތް ލިބޭނެކަމަށެވެ.
ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި، ފްލައިޓު ފުރާ ގަޑީގެ ފަސް ގަޑިއިރު ކުރިން، ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް ކަނޑައެޅިފައިވާ ބަސް ރޫޓުތަކުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން މާދަމާ ބަސްދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މާދަމާ ފުރާ ހައްޖުވެރިންގެ ފޮށިތައް މިއަދު އިމިގްރޭޝަންގެ ކްލިއަރެންސް ނިންމަން ގެންދަނީ
ކޮންމެ ހައްޖުވެރިއަކުވެސް އެ ހައްޖުވެރިޔާއަށް އެންމެ ފަސޭހަ އަދި އެންމެ ކައިރި ބަސް ހުއްޓިއެއް ހިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި އަދި ބަސް ހުއްޓިތަކުގައި މިނިސްޓްރީގެ މުވައްޒަފުންނާއި، ސްކައުޓުން، ގާލްގައިޑުން އަދި ކެޑޭޓުން ހަރަކާތްތެރިވާނެކަމަށްވެސް އިސްްލާމިކް މިނިސްޓްރީން ބުނެއެވެ.
ބަސް ދަތުރުކުރުމަށް ހަމަޖެހިފައިވާ ރޫޓުތައް ކަނޑައަޅާނީ އެ ދުވަހެއްގައި ފުރުމަށް ހަމަޖެހިފައިވާ ހާޖީންނަށް އެންމެ ފަސޭހައިން ބަހާއި ހަމައަށް ފޯރޭނެ ސަރަޙައްދުތައް ބެލުމަށްފަހުކަމަށް މިނިސްޓްރީން ބުނެއެވެ.
މާދަމާ ފުރާ ހައްޖުވެރިންގެ ފޮށިތައް މިއަދު އިމިގްރޭޝަންގެ ކްލިއަރެންސް ނިންމަން ގެންގޮސްފައި
ދިވެހި ހައްޖުވެރިން ފުރުން އަދި އައުން ހަމަޖެހިފައިވާ ދުވަސްތައް
މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 21 ދުވަހެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;