ވ. އަތޮޅުގައި ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ފަސް މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެކަމަށް ބުނެ ފުލުހުން މީޑިއާތަކަށް މެސެޖު ފޮނުވީ މިރޭ 18:52 ގައެވެ. އަދި އޭގެ ފަހުން 19:04 ގައި މަރުވެފައިވަނީ އިޓަލީއަށް ނިސްބަތްވާ 5 ފަތުރުވެރިންކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންނަމަވެސް އެ މައުލޫމާތު ނޫސްތަކާއި މީޑިއާތަކުން ހާމަކުރިތާ އެއްގަޑިރަށްވުރެ ގިނަ އިރުވީފަހުން ފުލުހުން ވަނީ ޑައިވިންނަށް ދިޔަ ފަސް މީހުން މަރުވެފައި އޮއްްވާ ފެނުނުކަމަށް ބުނެވުނީ އޮޅުމަކުންކަމަށެވެ.
ފުލުހުން ދިން މައުލޫމާތުތައް ސައްހަކަން ނެތިގެން އެކަމާއި ގުޅިގެން ނޫސްވެރިން ވަނީ އެތައް ސުވާލުތަކެއް ފުލުހުންނާ ކޮށްފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ ސައްހަ ނޫން މައުލޫމާތު ހާމަކުރެވުމުން އެކަން ފުލުހުން ރަސްްމީކޮށް ދިވެހި އާއްމު ރައްޔިތުންނަށް އަންގާނެކަމަށެވެ.
މި ހާދިސާގައި ފެނުނު މީހާ މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ. އަދީ ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;