ads
ޔާމީން އަދި މުއިއްޒު
ތަރައްގީ ކުރިޔަސް ޔާމީން ވެރިކަމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން: މުއިއްޒު
ރައީސް އަބްދު ﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ހިންގި ނަމަވެސް އެ ވެރިކަމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަންކަމަށް އެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި މީހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ވެރިކަން ކުރާ ޕީއެންސީގެ ހަރުގޭގައި މިހާރު ކުރިޔަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ރައީސް ޔާމީނާއި ރައީސް ސާލިހާ ރައީސް ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ. އެގޮތުން އެ ވެރިކަންތަކުގައި ގައުމުގައި ހިނގި ކަންކަމުގެ ވާހަކަތައް ވަނީ ދައްކަވާފައެވެ. 

ރައީސް ޔާމީނަށް އިޝާރާތް ކުރަެއްވާ ރައީސް މުއިއްޒު ވިދާޅުވީ މީގެ ކުރީގައި ސީޔާސީ މީހަކު އެއްޗެއް ބުނާއިރަށް ޖަލަށް ލީ ދުވަސްވެސް ދިޔަކަމަށެވެ. އަދި ތަރައްގީ މަޝްރޫއުތަައް ހިންގި ނަމަވެސް އެ ވެރިކަމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" ތަރައްގީގެ މަޝްރޫއުތައް ވަރަށް ގިނައިން ހިނގި. އަޅުގަނޑު މީ އޭގެ އެންމެ ބޮޑު ޒިންމާއެއް ހަވާލުކޮށްފައި ހުރި އެކަކު. ދެން މިތާ އެބަތިބި ބައެއް ވަޒީރުން ދެން ހަމަ އޭރުގައި ބައިވަރު އިހްލާސްތެރި މަސައްކަތް ކުރެއްވި ބޭފުޅުން. އެކަމު ތަރައްގީ ކުރިޔަސް ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން. ސީޔާސީ ހުރިހާ އެންމެން ޖަލުގައި. ޓްރެކް ރިކޯޑް މި އޮތީ ވަރަށް ސާފުކޮށް ޑިސްޕްލޭވެފައި. ޔާމީންގެ ނަން ވިދާޅުނުވެ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފަހަރަކަށް ނުދެވޭނެ ކަމަށާއި އޭރު ހިނގި ކަންކަމަކީ ފަސް އަޅާ ފޮރުވޭނެ އެއްޗެއްވެސް ނޫންކަމަށެވެ. އަދި އެއީ ފެންނަން ހުރި ހަގީގަތްކަމަށެވެ. 

" އެއީ ތިމަންނަމެންނެއް ނޫނޭ ބުނެ ކާކަށް ތޯ އޮޅުވާލެވޭނީ. އަމިއްލަ ނަފްސަށްވެސް އޮޅުވާނުލެވޭނެ އެކަންކަން. " ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދިވެހިން އަމިއްލަ ސިކުނޑިބޭނުންކޮށްގެން ވިސްނާ ކަންކަމާއި މެދު ގޮތެއް ނިންމަން ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;