ފުލުހުން އެކަން ހާމަކުރީ މިރޭ އެ އިދާރާއިން ނެރުނު ސްޓޭޓްމަންޓެއްގަ އެވެ. އެ ސްޓޭޓްމަންޓްގައި ފުލުހުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާއި، "ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު" އާއި އެ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން ލިބިދީފައިވާ ހައްގުތައް އެއްވެސް ތަފާތުކުރުމެއްނެތި، ގާނޫނީ އިމުގެ ތެރެއިން ހިމާޔަތްކޮށްދިނުމުގައި ދިވެހި ފުލުހުން ދެމިއޮންނާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މާލޭގެ ބައެއް މަގުތަކުގައި ކުރިއަށްދާ އެއްވުންތަކާ ގުޅިގެން މަގުތައް ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން، ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ދިވެހި ފުލުހުންގެ ޚިދުމަތަށް ދަނީ ލިބެމުން ކަމަށްވެސް ބުންޏެވެ.
އަދި ބުނެފައިވަނީ ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލާނެ ކަމަށާއި އެފަދަ ކަންތައް އިންތިޒާމްކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ބަޔާން ނެރުނު އިރު މިރޭ ވެސް މާލޭގައި ދަނީ މުޒާހަރާކުރަމުންނެވެ. އަދި ރޭގެ މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ތިން މީހެއްގެ ބަންދު އިތުރުކޮށްފައި ވާއިރު މިރޭ މުޒާހަރާ ފެށުމުގެ ކުރިން ވެސް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;