ads
ފެނަކައިގެ ޑީއެމްޑީގެ މަގާމުން އިސްތިއުފާދެއްވި ތައުފީގު
ފެނަކައިގެ ޑީއެމްޑީ ތައުފީގުވެސް މަގާމުން އިސްތިއުފާދީފި
ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނެވި އާދަމް ތައުފީގު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރެއްވި ތައުފީގު ފެނަކައިގެ ޑީއެމްޑީގެ މަގާމަށް އައްޔަންކުރީ 23 ސެޕްޓެމްބަރު 2025 ގައެވެ. 

އޭނާ ވަނީ އިއްޔެ އެ މަގާމުން އިސްތިއުފާދެއްވާފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާދެއްވީ އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރެއްވުމަށެވެ. 

މިދިޔަ ލޯކަލް ކައުންސިލްް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ނާކާމީޔާބީއަށް ފަހު ގެނައި ބަދަލުތަކުން މަތި ފަޑިއެއްކޮށް ބަދަލުވި އެއް ކުންފުންޏަކީ ފެނަކައެވެ. ކައުންސިލް އިންތިހާބަށްފަހު އޭޕްްްރިލްމަހުގެ 6 ވަނަ ދުވަހު ވަނީ ފެނަކައިގެ މޭނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ނަޖާހު މަގާމުން ވަކިކޮށްފައެވެ. 

އޭގެ އެއް ދުވަސްފަހުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފްވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ހަމަ އެދުވަހު ވަނީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި މުހައްމަދު ޖިހާދުވެސް އެ މަގާމުން ވަކިކޮށްފައެވެ. 

ފެނަކައިގެ އެމްޑީ ނަޖާހު ވަކިކިރުމުން އެ ކުންފުންޏަށް އާ އެމްޑީއެއް އައްޔަންކުރަން ދެން ކުންފުނީގެ އެމްޑީކަމާ އޭރު ހަވާލުވެ ހުންނެވީ ތައުފީގެވެ. 

ފެނަކައިގެ އެމްޑީގެ މަގާމަށް މުހައްމަދު އަފީފް އައްޔަންކުރެއްވީ މިދިޔަ މަހުގެ 27 ވަނަދުވަހުއެވެ. އަފީފް ވެފައި މިވަނީ އެ ކުންފުންޏާ ހަވާލުވި ތިންވަނަ މެނޭޖިން ޑިރެކްޓަރަށެވެ.  


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;