ނުސުކް ކާޑަކީ ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖާޖީންނަށް ދޫކުރާ ރަސްމީ ފާސްްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެެއެވެ. ހައްޖުގެ އަޅުކަން އަދާކުރުމުގައި އެންމެހާ ހާޖީންގެ އަތުގައި ހުރިހާ ވަގުތަކު މި ފާސް އޮންނަންޖެހޭނެކަމަށް ސައޫދީގެ ހައްޖާބެހޭ ވުޒާރާއިން އަންގަވާފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ އަމިއްލަ ޤައުމުގައި ތިބެ ނުސުކް ކާޑު ހައްޖުވެރިންނަށް ބަހާ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެކަމަށެވެ. ހައްޖުވެރިން ހައްޖަށް ފުރުމުގެކުރިން ނުސުކް ކާޑު ލިބޭނެ އިންތިޒާމު ހައްޖު ކޯޕަރޭޝަނުން ހަމަޖައްސާފައިވަނީ ހައްޖުގެ ހިދުމަތް ފޯރުކޮށްދޭ އެޖެންޓު ނުވަތަ މުތައްވިފްކަމުގައިވާ ރަވާފް މިނާ މެދުވެރިކޮށްކަމަށް މިނިސްޓްރީން ބުނެއެވެ. މިގޮތުން ނުސުކް ކާޑު ބެހުމަށް ރަވާފް މިނާގެ ވައިސް ޕްރެސިޑެންޓް އިހްސާން ކަތިބު ރާއްޖެއަށް ވަޑައިގެންފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ހައްޖުވެރިންގެ ބަޔޯމެޓްރިކްސް އަދި ނުސުކް ވެރިފިކޭޝަންގެ މަސައްކަތްތައް ކުރަނީ
ނުސުކް ނިޒާމަކީ ގަވާއިދާ ހިލާފަށް މައްކާއަށް އެތެރެވެ ހައްޖުގެ އަޅުކަން އަދާކުރާ މީހުން މަދުކޮށް ވަކި އިންތިޒާމެއްގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކާއި ސައޫދީ ސަރުކާރުން ތައާރަފްކޮށްފައިވާ ހާއްސަ ޕްލެޓްފޯމެކެވެ އަދި އެއީ ސައޫދީއަށް އެތެރެވާ އެންމެހާ ހާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެއްކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ނުސުކް ކާޑަކީ ޕްރިންޓުކޮށްފައި އޮންނަ ކާޑެއްކަމަށާއި ހައްޖުގެ މަނާސިކުތައް އަދާކުރުމަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާއިރު ނުސުކް ކާޑު ހާޖީންގެ އަތުގައި ކޮންމެހެންވެސް އޮންނަންޖެހޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.މިއީ ހައްޖާ ގުޅުންހުރި ހިދުމަތްތައް ހޯދާއިރު ހައްޖާޖީންގެ އަތުގައި އޮންނަންޖެހޭ ފާހެއްްކަމަށާއި މިއީ ހައްޖުގެ މަނާސިކުތައް އަދާކުރުމަށް ތަންތަނަށް ވަނުމުގައި ފަސޭހަވާނެ ވަސީލަތެއްކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން ދިވެހި ހުރިހާ ހާޖީންވެސް ހުރިހާ ވަގުތެއްގައި ނުސުކް ކާޑު އަޅައިގެން އުޅުމަށް ޙައްޖު ކޯޕަރޭޝަނުން ވަރަށް ބޮޑަށް ބާރުއަޅާކަމަށާއި އެއީ ދިވެހި އެއްވެސް ހާޖީއަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ގެއްލުނަ ނުދިނުމަށްކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;