ads
ފަލާހް އަދި އައްބާސް
ފަލާހް ދެއްކީ ހުސް ދޮގު ވާހަކަތައް، އަބުރުގެ ދައުވާކުރާނަން: އައްބާސްް
ވެރިކަން ކުރާ ޕީއެންސީ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އެޕާޓީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ދެއްކީ ދޮގު ވާހަކަތައްކަމަށާއި އެކަމާއި ގުޅިގެން ފަލާހާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
Advertisement

ރޭ ޕީއެންސީން ބޭއްވި ހަރުގޭ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވަނީ އައްބާސްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން "އައިޝާ" ކިޔާ އަންހެނަކާއި އެކު ބޭއްވި ގުޅުމެއްގެ ސަބަބުން އެކަން ފަޅާ އަރާ އާއިލާ ރޫޅިފައިވާކަމަށެވެ. މި ޖަލްސާގައި ރައީސް މުއިއްޒުވެސް އިންނެވިއެވެ. 

މި ވާހަތަކާއި ގުޅިގެން އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ އަބުރައް ހުތުރުވާގޮތަށް އަދި އަނބި ދަރިންނާ ބެހޭ ގޮތުން މެމްބަރު އިބުރާހިމް ފަލާހު ދެއްކެވި ހަޤީގަތާ ހިލާފު ދޮގު ހަޑި ހުތުރު ވާހަކަތަށް އެންމެ ހަރުކަށި އިބުރާތުން ކުށްވެރިކުރާކަމަށެވެ. އަދި ފަލާހު ދެއްކެވީ މުޅިންވެސް ދޮގު ވާހަކަތައްކަމަށް އައްބާސް ވިދާޅުވިއެވެ. 

" އަޅުގަނޑާ ބެހޭ ގޮތުން އެވިދާޅުވި ހުރިހާ ވާހަކަ ތަކަކީވެސް ކަޑައެޅިގެން ދޮގުކަން އަޅުގަނޑުގެ އަނބި ދަރީން އާއިލާ އާ އެކުވެރިން ހެކިވާނެ.. އަޅުގަނޑުގެ އަނބި ދަރިންނާ އާއިލާ އަކީ ވަރަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ބައެއްކަން އަޅުގަނޑު ދަންނަ ކޮންމެ ރައްޔިތަކު ހެކިވާނެ." އައްބާސް ވިދާޅުވިއެވެ.

ފަލާހް ދެއްކި ވާހަކަތަކާއި ގުޅިގެން ހޯދަންޖެހޭ ޤާނޫނީ ލަފާ ހޯދުމަށް ފަހު އަބުރުގެ ދައުވާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް އައްބާސް ވިދާޅުވިއެވެ. 

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނާއި ގުޅޭގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ދައްްކަނީ ސަރުކާރުގެ ސިޔާސަތުތަކާއި ގުޅިގެން ދައްކާނެ ވާހަކަތަކެއް ނެތުމުންކަމަށެވެ. އަދި މީހުން ދައްކާ އެ ވާހަކަތައް ގަބޫލުނުކުރުމަށްވެސް އެމަނިކުފާނުގެ ސަޕޯޓަރުންގެ އަރިހުން ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;