ads
މާފަރު އެއާޕޯޓްގައި އޮބްޒަވޭޓަރީ ހަދަން ސޮއިކުރުމުގެ ރަސްމިއްޔާތު
މާފަރު އެއާޕޯޓުގައި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ގާއިމުކުރަން ސޮއިކޮށްފި
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ގާއިމުކޮށް، މޫސުމީ ހިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އައިއޭއެސްގެ މައި އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެންޑް ސާވިސް އެގްރީމެންޓުގައި އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ. އަދި މެޓް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރު ޖެނެރަލް އަބްދުލް ވާހިދެވެ.

އެއްބަސްވުމުގެ ދަށުން މާފަރު އެއާޕޯޓުގައި މެޓް އޮފީހުން އާ އޮބްޒަވޭޓަރީއެއް ގާއިމުކޮށް، އެތަނުން މޫސުމާ ބެހޭ އެންމެ ފަހުގެ ހޯދުންތަކާއި، ލަފާކުރުންތަކުގެ އިތުރުން، މަތިންދާބޯޓުތައް ރައްކާތެރިކަމާއެކު ފުރައި ޖެއްސުމަށް ބޭނުންވާ މޫސުމީ މައުލޫމާތާއި އިންޒާރުތައް ވަގުތުން ވަގުތަށް ފޯރުކޮށް ދޭނެ އެވެ.

މާފަރުގައި ގާއިމުކުރާ މި އޮބްޒަވޭޓަރީއަކީ ރާއްޖޭގައި ގާއިމުކުރެވޭ މޫސުން ބަލާ 6 ވަނަ އޮބްޒަވޭޓަރީ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;