ads
މި ހިދުމަތް އެޕަލް ވޮޗު އަދި ސެމްސަންގް ގެލެކްސީ ވޮޗު މޮޑެލްތަކަށް ލިބޭނެ.
އުރީދޫން ފުރަތަމަ ފަހަރަށް ރާއްޖޭގައި އެޕަލް އަދި ސެމްސަންގް ގަޑިއަށް އީސިމް ހިދުމަތް
އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗްތަކަށް އީ-ސިމްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފު ކުރި ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް ވެއްޖެ އެވެ.
Advertisement

ރާއްޖޭގައި 3ޖީ، 4ޖީ، އަދި 5ޖީ ހިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރި ކުންފުނީގެ ގޮތުގައި އުރީދޫން އަންނަނީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި އާ އީޖާދުތަކާ އެކު ކުރި ހޯދަމުންނެވެ. ވޭރަބަލް އީސިމްގެ ހިދުމަތް ތައާރަފުކުރުމަކީ ރާއްޖޭގެ ޑިޖިޓަލް އީޖާދުތަކުގެ ކުރީ ސަފުގައި އުރީދޫ އޮތްކަން އިތުރަށް ކަށަވަރުކޮށްދޭ ކަމެކެވެ.

ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އީޖާދީ ކުންފުނީގެ ހައިސިއްޔަތުން، އުރީދޫން އަންނަނީ ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތަކާއި ގުޅިފައިވާ ތަޖުރިބާތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. ވޭރަބަލް ޑިވައިސްތަކަށް އީ-ސިމްގެ ޚިދުމަތް ތައާރަފުކުރުމަކީ، ސްމާޓް އަދި ގުޅިފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ އިތުރު ފިޔަވަޅެކެވެ.

މި ހިދުމަތް އެކަށޭނެ އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗް މޮޑެލްތަކަށް ލިބޭނެ އެވެ. މިއާއެކު، ކަސްޓަމަރުންނަށް ކަސްރަތު ކުރާއިރު، ދަތުރުމަތީގައި، ބޭރުތެރޭގައި ހަރަކާތްތެރިވާއިރު ނުވަތަ ކޮންމެ ތަނެއްގައި ހުރި ނަމަވެސް، ދުވަހުގެ މަސައްކަތްތަކުގައި އިތުރު ފަސޭހަކަމާއި މިނިވަންކަން ލިބިގެންދާނެ އެވެ.

ވޭރަބަލް އީ-ސިމްގެ ހިދުމަތް ތައާރަފުކުރުމަކީ ރާއްޖޭގެ ޑިޖިޓަލް އީޖާދުތަކުގެ ކުރީ ސަފުގައި އުރީދޫ އޮތްކަން އިތުރަށް ކަށަވަރުކޮށްދޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;