ads
ނިޔާވި ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ
ގެއްލުނު މީހުން ހޯދަން ޑައިވްކުރަނިކޮށް ހާލު ދެރަވި ސިފައިންގެ މިހާ ނިޔާވެއްޖެ
ވ އަތޮޅުގައި ޑައިވްކުރަނިކޮށް ގެއްލުނު ފަތުރުވެރިން ހޯދަން ޑައިވްކުރި ސިފައިންގެ މިހަކު ހާލު ދެރަވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
Advertisement

ވ. އަތޮޅު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީއަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅުނު ސިފައިންގެ މީހެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފޭށި މިއަދު ހަވީރުއެވެ. 

އޭނާ ނިޔާވެފައިވަނީ ޑީކޯ ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މީގެ އިރުކޮޅެއް ކުރިންކަން ވަނީ އެނގިފައެވެ. 

ނިޔާވެފައިވަނީ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއެވެ.

your imageސްޓާފް ސާޖަންޓް މުހައްމަދު މަހުދީ

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި އެ ފަސް ޑައިވަރުންގެ ތެރެއިން މިހާތަނަށް ކަނޑުގެ އަޑިން ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް މެދުނުކެނޑި އަންނަނީ ކުރަމުންނެވެ. 

މި ހާދިސާގައި މިހާތަނަށް ފެނުނު ޑައިވަރުގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންނެވެ. އަދި ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖޭގައި ޑައިވްކުރަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރެވެ. ކަމާގުޅުން ހުރި އިދާރާތަކުން ދަނީ އެ އަށް ވުރެ ފުނަށް ފީނި ސަބަބު ބަލަމުންނެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;