ނޫސްވެރިކަމާއި، ހިޔާލުފާޅުކުރުމުގެ ހައްގުގެ ދިފާއުގައި އެކުގައި މަސައްކަތް ކުރަން ކުރީގެ ތިން ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު ރޭ ބޭއްވި މީޑިއާ ބްރީފިންއެއް ގައި އިބޫ ވިދާޅުވީ ރިލުވާންގެ މަރުގެ މައްސަލާގައި ވަރަށް ތަފްސީލީ މަސައްކަތްތަކެއް ކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޝަރީއަތް ނިމެންދެން އެމީހުން ބަންދުކޮށްފައި ތިއްބާ ދޫކޮށްލީ މި ސަރުކާރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ އެ ވާހަކަފުޅާ ގުޅިގެން ބަންޑާރަ ނައިބް އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް މި ސަރުކާރުން ދޫކޮށްލިކަމަށް ވިދާޅުވި ވިދާޅުވުމަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމަށެވެ.
ބަންޑާރަނައިބު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަމަށެވެ. އެގޮތުން، އެ މީހުންގެ ތެރެއިން އެންމެ ފަހުން ބަންދުގައި ހުރި މީހާ ދޫކޮށްލީ 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމަށްވެސް ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;