މައުލޫމާތު ލިބިފައިވާ ގޮތުގައި އިޓަލީ ސަރުކާރުން ފޮނުވައިގެން އަންނަނީ ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުންނެވެ.
ވ. އަތޮޅު ކައިރިއަށް ޑައިވްކުރުމަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ހޯދުމަށް ޓަކައި، އެ ގައުމުގެ ސަރުކާރުން ހުށަހެޅި އެހީތެރިކަމުގެ ފުރުސަތުގެ ދަށުން، ފިންލޭންޑުގެ މާހިރުން މާދަން ރާއްޖެ އަންނަ އިރު، އެ ހާދިސާގައި އިޓަލީ އެކަކުގެ ހަށިގަނޑުވަނީ ފެނިފައެވެ. އަދި ރެސްކިޔުގައި ހަރަކާތްތެރިވި ދިވެހި ޑައިވަރަކުވަނީ ނިޔާވެފައެވެ.
ގެއްލުނު މީހުން ހޯދުމަށް މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަން އޮތީ ބޭރުގެ ޓީމު އަންނަންދެން މިހާރު މަޑުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;