ads
މޭޔަރު އާދަމް އާޒިމް ހުވާކުރައްވަނީ
މޭޔަރު އާޒިމް ދެވަނަ ދައުރަށް ކުރައްވައިފި، އާ ކައުންސިލަރުންވެސް ހުވާކޮށްފި
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ދެވަނަ ދައުރުގެ ހުވާ މިއަދު ކުރައްވައިފިއެވެ.
Advertisement

މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް އިންތިހާބުވި އައު ކައުންސިލަރުންނާ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހުވާކުރެއްވުމުގެ ދަރުބާރު މިއަދު ވަނީ ބާއްވާފައެވެ. 

މާލޭ ސީޓީ ކައުންސިލްގެ 5 ވަނަ ދައުރުހެ އެންމެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ހަމައެކަނި ގޮނޑިއަކީ ވިލިމާލެ ދާއިރާ ގެ ގޮނޑިއެވެ. 

ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުން

  1. އަހުމަދު ގާލިބު (އެމްޑީޕީ) ހުޅުމާލެ ދެކުނު ދާއިރާ
  2. އަހުމަދު ސަނީހު ޝަރީފް (ޕީއެންސީ) - ހުޅުމާލެ މެދު ދާއިރާ
  3. ފާތިމަތު ޒަހިއްޔާ (އެމްޑީޕީ) - ހުޅުމާލެ އުތުރު ދާއިރާ
  4. ފާތިމަތު ސަހުލާ (އެމްޑީޕީ) - ހެންވޭރު ހުޅަނގު ދާއިރާ
  5. މީކާއިލް މުހައްމަދު ރިޔާޒު (އެމްޑީޕީ) - މެދު ހެންވޭރު ދާއިރާ
  6. އައިޝަތު ނާޒިމާ (އެމްޑީޕީ) - ހެންވޭރު ދެކުނު
  7. ފާތިމަތު ލައިޒާ (އެމްޑީޕީ) - ހެންވޭރު އުތުރު ދާއިރާ
  8. އައިމިނަތު އިރާޝާ މުހައްމަދު (އެމްޑީޕީ) - ގަލޮޅު އުތުރު ދާއިރާ
  9. އިބްރާހިމް ހަލީމް (އެމްޑީޕީ) - ގަލޮޅު ދެކުނު ދާއިރާ
  10. ހައްވާ ޝިފާނާ (އެމްޑީޕީ) - މައްޗަންގޮޅި މެދު ދާއިރާ
  11. ހަދީޖާ މުހައްމަދު (އެމްޑީޕީ) - މައްޗަންގޮޅި އުތުރު ދާއިރާ
  12. ފަރުހާން ޝަފީއު (އެމްޑީޕީ) - މައްޗަންގޮޅި ދެކުނު ދާއިރާ
  13. މުހައްމަދު ރިލުވާން އަލީ (އެމްޑީޕީ) - މާފަންނު ހުޅަނގު ދާއިރާ
  14. އައިޝަތު ހަނާ (އެމްޑީޕީ) - މާފަންނު މެދު ދާއިރާ
  15. އިބްރާހިމް ލަބާން ޝަރީފް (އެމްޑީޕީ) - މާފަންނު ދެކުނު ދާއިރާ
  16. ހުސައިން ފުރުޝާން (އެމްޑީޕީ) - މާފަންނު އުތުރު ދާއިރާ
  17. އިބްރާހިމް ސަމާހު (ޕީއެންސީ) - ވިލިމާލެ ދާއިރާ

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައިވެސް ވިލިމާލެ ދާއިރާ ފިޔަވައި ބާކީ ހުރި ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީންނެވެ. ވިލިމާލެ ދާއިރާ ކާމިޔާބުކުރީ ވެރިކަން ކުރާ ޕީއެންސީންނެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;