އެ އިދާރާއިން އިތުރަށް ބުނީ އެންބޯލާ އަށް ޝައްކުކުރެވޭ 246 ވަރަކަށް މީހުންނާއި 80 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އެންބޯލާ ފެތުރެނީ ޕެންޑެމިކް އެމަޖެންސީގެ މިންގަނޑަށް ނުފެތޭ ކަމަށެވެ
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް އިންޒާރު ދެއްވީ މިވަގުތު އެންބޯލާ ފެތުރުމުގެ "ބަލި ޖެހިފައިވާ މީހުންގެ ހަގީގީ އަދަދާއި ޖިއޮގްރަފިކް ފެތުރިފައިވާ މިންވަރާ މެދު ބޮޑެތި ޔަގީންކަން ނެތް ކަންތައްތަކެއް" އެބަހުއްޓެވެ.
މިހާރު ފެންނަ އިބޯލާގެ ބާވަތަކީ ބުންޑިބުގްޔޯ ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް ސިއްހީ އިދާރާއިން ބުނެފައިވާއިރު، އެ ވައިރަސް އަށް އެޕްރޫވް ކުރެވިފައިވާ ބޭހެއް ނުވަތަ ވެކްސިނެއް ނެތެވެ.
ޑަބްލިއުއެޗްއޯއިން ބުނީ މިހާރު ލެބޯޓްރީން އެންބޯލާ އަށް ޝައްކު ކުރެވޭ މީހުން ތިބި ކަމަށާއި، އިޓޫރީ ޕްރޮވިންސްގެ ވެރިރަށް ބުނިއާ އާއި ރަން ހޯދާ ރަށް މޮންގްވާލޫ އާއި ރުވާމްޕާރާ ހިމެނޭ ގޮތަށް ތިން ސިއްހީ ޒޯނެއްގައި އެންބޯލާ އަށް ޝައްކު ކުރެވޭ އެހެން މީހުންނާއި މަރުވެފައިވާ ކަމަށެވެ.
ގްލޯބަލް ހެލްތު އެޖެންސީން އިތުރަށް ބުނީ އެންބޯލާ ފެތުރިފައިވަނީ ޑީއާރު ކޮންގޯގެ ބޭރުން ކަމަށާއި، އަވަށްޓެރި ޔޫގަންޑާއިން ދެ މީހަކު އެންބޯލާ އަށް ފައްސިވެފައިވާ ކަމަށެވެ.
ޔޫގަންޑާގެ އޮފިޝަލުން ބުނީ ބުރާސްފަތި ދުވަހު މަރުވި އުމުރުން 59 އަހަރުގެ ފިރިހެނަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޑީއާރު ކޮންގޯއާ ބޯޑަރުވާ ގައުމުތަކަކީ އާބާދީގެ ދަތުރުފަތުރާއި ވިޔަފާރިއާއި ދަތުރުފަތުރުގެ ސަބަބުން އިތުރަށް ފެތުރުމުގެ ނުރައްކާ ބޮޑު ގައުމުތަކެއް ކަމަށް ބެލެވެ އެވެ.
ޑަބްލިޔުއެޗްއޯއިން ލަފާދީފައިވަނީ ޑީއާރު ކޮންގޯ އާއި ޔޫގަންޑާއިން އިންފެކްޝަން ހުއްޓުވުމުގެ ފިޔަވަޅުތައް މޮނިޓަރކޮށް، ޓްރޭސްކޮށް، ތަންފީޒުކުރުމަށް ކުއްލި އޮޕަރޭޝަން ސެންޓަރުތައް ގާއިމްކުރުމަށެވެ.
ފެތުރުން އެންމެ ކުޑަކުރުމަށްޓަކައި ސިއްހީ އިދާރާއިން ބުނީ ކޮންފަރމްސް ކޭސްތައް ވަގުތުން އެކަހެރިކޮށް ފަރުވާ ދޭން ޖެހޭނީ މަދުވެގެން 48 ގަޑިއިރުގެ ފަރަގެއްގައި ހެދި ބުންޑިބުގްޔޯ ވައިރަސް އަށް ހާއްސަ ދެ ޓެސްޓެއް ނެގެޓިވް ވާންދެން ކަމަށެވެ.
އެންބޯލާ ޖެހިފައިވާ ސަރަހައްދުތަކާ ބޯޑަރުވާ ގައުމުތަކަށް ސަރުކާރުތަކުން ސަރވޭލަންސް އާއި ހެލްތު ރިޕޯޓިން އިތުރުކުރަން ޖެހެ އެވެ.
ޑަބްލިއުއެޗްއޯ އިން އިތުރަށް ބުނީ "އާންމުކޮށް މިފަދަ ފިޔަވަޅުތައް އަޅަނީ ބިރުން ކަމަށާއި ސައިންސްގެ އެއްވެސް އަސާސެއް ނެތް" ކަމަށް ވާތީ، އަސަރު ކުރި ސަރަހައްދުން ބޭރުގެ ގައުމުތަކުން ބޯޑަރު ބަންދު ނުކުރުމަށާއި ދަތުރުފަތުރާއި ވިޔަފާރި ހަނިކޮށްގެން ނުވާނެ ކަމަށެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;