ސަރުކާރުގެ ކުންފުނިތައް މޮނީޓާކޮށް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ބުނީ އެމްޑަބްލިޔުއެސްސީ ގެ ޗެއާމަންކަމުގެ ޝަމްހޫޒާ އަހްމަދު މިއަދުން ފެށިގެން ވަކިކޮށްފައިވާކަމަށެވެ. އަދި އޭގެއިތުރުން އޭނާ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުންވެސް މިއަދު ވަކިކޮށްފައިވާކަމަށް ޕީސީބީން ބުނެއެވެ. އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީއަކުން ނުބުނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ވަކިކުރުމުގެ ތެރޭގައި އެމްޑަބްލިޔުއެސްސީ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 12 ވަނަދުވަހުއެވެ. އިސްތިއުފާ ދެއްވި ސަބަބު މަތީން ހާމައެއް ނުކުރައްވައެވެ.
އޭގެފަހުން ސަރުކާރުންވަނީ އެމަގާމަށް ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރި ހުސެއިން ފަހުމީ އައްޔަންކޮށްފައެވެ. ފަހުމީ އެ މަގާމަށް އައްޔަންކުރީ މިދިޔަ މަހުގެ 14 ވަނަދުވަހުއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;