މިއަދު ކައުންސިލްތައް ހުވާކުރިއިރު އެންމެ ތަފާތު އަދި ގިނަ ބަޔަކުގެ ޝައުގުވެރިކަން ދަމައިގެން މަންޒަރެއް ފެނުނީ ހއ. ފިމަދޫންނެވެ. ކައުންސިލް ހުވާކުރުމުގެ ރަސްމިޔާތު އެރަށާއި މުޅި ރާއްޖެއަށް މިވަނީ ތާރީހީ ދުވަހަކަށްވެފައެވެ.
ސަބަބަކީ ހުވާކުރުމުގެ ރަސްމިއްޔާތުގެ ސްޓޭޖް މަތިން ދެމަފިރިއަކު އެކުގައި ފެނުމެވެ.
ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާމިދަށް މަގާމުގެ ހުވާލާދެއްވީ އޭނާގެ އަނބިކަނބަލުން
އައިޝަތު ފަރީދާއެވެ. އޭނާއަކީ ފިއްލަދޫ ކޯޓްގެ އިސް މެޖިސްޓްރޭޓެއެވެ. ފަރީދާ އެ މަގާމާ ހަވާލުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާމިދު އާއި އޭނާގެ އަނބިކަނބަލުން އައިޝަތު ފަރީދާ އަކީ ވެސް ޝަރީއާ އެންޑް ލޯ އިން ޑިގްރީ ހާސިލުކުރައްވާފައިވާ ދެ ބޭފުޅުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;