ads
އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) އާ ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)
ދިގައްޔާއި އާއްޓޭގެ ޝަރީއަތް މާދަމާ ފަށަނީ
އެމްޕީއެލް ބަނދަރުގއި ހުއްޓާ ވަގަށް ނެގި ސިނގިރޭޓް ކޮންޓެއިނަރުގެ މައްސަލާގައި ހައްޔަރުކުރި ދެ ވިޔަފާރިވެރިންކަމަށްވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ގެ މައްޗަށް ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށަން ތާވަލުކޮށްފިއެވެ.
Advertisement

ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލަ ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އޮފީހުގައި ފުލުހުން އެދުނެވެ. އޭގެ ތެރެއިން ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށެވެ.

މި ވައްކަން ރާވާ އެކަމުގައި ހަރަދުކޮށް މޭސްތިރިންގެ ގޮތުގައި ތިބިކަމަށް ފުލުހުން ތުހުމަތު ކުރަނީ މުހައްމަދު ވަހީދާއި އަހުމަދު އާރިފްގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީއެވެ. މި ތިން މީހުންގެ މައްޗަށް ޕީޖީ އޮފީހުން  ވަނީ ދެ ދައުވާއެއް އުފުލާފައެވެ. 

އެމީހުންގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގަން ރޭވުމާއި އެކަމުގައި ބައިވެރިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ދިގައްޔާއި އާއްޓޭގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ވަނީ ތާވަލުކޮށްފައެވެ. އެ ޝަރީއަތުގެ އަޑުއެހުން އޮތީ ހެނދުނު 11:00ގަ އެވެ. 

އާއްޓޭއާ ދިގައްޔަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު އެ ދެމީހުންގެ މައްޗަށް ގިނަވެގެން އަންނާނީ 12 އަހަރުގެ ހުކުމެކެވެ. 

ގާނޫނޫލް އުގޫބާތުގައިވާ ގޮތުން، ވައްކަން ކުރި މުދަލުގެ އަގު 500،000 ރުފިޔާއަށްވުރެ މަތިވާ ނަމަ، އެ ކުށަކީ ޖިނާއަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.  އެ ކުށަކީ އަސާސީ މިންގަނޑުން ބަލާއިރު ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ. އެންމެ މަތީ އަދަބަކީ، އަށް އަހަރުކަމަށް ގާނޫނޫލް އުގޫބާތުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;