ސަރުކާރުގެ ކުންފުނިތައް މޮނީޓާކޮށް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ބުނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން މިއަދުން ފެށިގެން ޔޫސުފް ވަހީދު ވަކިކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީއަކުން ނުބުނެއެވެ.
ވަހީދު އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭނާއަކީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޗީފް އިންޓާނަލް އޮޑިޓަރުވެސް މެއެވެ.
ވަހީދު ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން ޕްރޮފެޝަނަލް އެކައުންޓިންގެ ދާއިރާއިން މާސްޓާސް، އަދި ފައިނޭންސްއިން ޑިގްރީއެއް ހާސިލްކުރައްވައިފައެވެ. އޭނާއަކީ ޗާޓާޑް އެކައުންޓަންޓްސް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ މެމްބަރެއްވެސް މެެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;