މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހާދިސާގައި ގެއްލުނު ފަތުރުވެރިން ހޯދަން މަސައްކަތް ކުރަމުންދިޔަ އެމްއެންޑީއެފްގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ އިއްޔެ ނިޔާވެފައެވެ. އޭނާ ނިޔާވީ އެމީހުން ހޯދުމަށް މައްޗަށް ނަރައިގެން ގޮސް ބެލިއިރު ކަނޑު އަޑީގައި ހޭނެތިފައި އޮތުމުން ނަގައިގެން ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
މަހުދީ ނިޔާވުމާއި އެކު ސިފައިން ވަނީ އެމީހުން ހޯދުމަށް ކުރިޔަށް ގެގންދިޔަ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލާފައެވެ. މި އޮޕަރޭޝަންގައި ބައިވެރިވުމަށް ފިންލޭންޑްގެ ތިން ޑައިވަރުން އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ. އެ އޮޕަރޭޝަނަށް ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން، ރާއްޖެއައީ އެކަމަށް ބޭނުންވާ ސާމާނާ އެކުކަމަށްވެސް ސަރުކާރުން ބުނެއެވެ.
ސީއެންްއެމްއާއި ވާހަކަ ދައްކަވަމުން ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މޮންދު) މިއަދު ވިދާޅުވީ ރާއްޖެއިން ބޭރުން އައި ޑައިވަރުން އިއްޔެ ޑްރޯން ބޭނުންކޮށްގެން ބައެއް ހޯދުންތައް ހޯދާފައިވާކަމަށެވެ. އަދި އެއާއި އެކު މިއަދު އެ ސަރަހައްދު އެނގި ދިރާސާކުރަން އޮރިއެންޓޭޝަން ޑައިވްއަކަށް ފިންލޭންޑުގެ ޑައިވަރުން މިއަދު ފައިބާނެކަމަށެވެ.
މި އޮޕަރޭޝަންގެ ފިންލޭންޑުގެ ޑާއިވަރުންނާއި އެކު އެމްއެންޑީއެފްގެ ޑައިވަރުންނާއި ފުލުހުންގެ މެރިންކޯގެ ޑައިވަރުން ބައިވެރިވާނެކަމަށެވެ. އެހެންނަމަވެސް ދިވެހި ޑައިވަރުން ޑީކޯވާ ހިސާބު ފުނަށް ދެން ނުދާން ނިންމާފައިވާކަމަށާއި ދިވެހި ޑައިވަރުން މި އޮޕަރޭޝަންގައި ދެން އެހީތެރިވާނީ ފުނަށް ނުފައިބާކަމަށްވެސް މުންދު ވިދާޅުވިއެވެ.
އިޓަލީގެ ފަސް ޑައިވަރުން މަރުވީ ކަނޑުގެ 60 މީޓަރު އަޑީގައިވާ ހޮހޮޅައެއްގަ އެވެ. ނަމަވެސް ދިވެހި ކޯސްޓްގާޑު ޑައިވަރުން ތަމްރީންވެފައި ތިބެނީ 50 މީޓަރާ ހަމައަށް ޑައިވް ކުރުމަށެވެ.
ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ހޮހޮޅައިގެ ތެރެއިން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ބާކީ ހަތަރު މީހުންގެ ހަށިގަނޑު ވަނީ ހޮހޮޅަ ތެރޭގައި ކަމަށް ބެލެވެ އެވެ.
ޑައިވް ކުރުމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ހޮހޮޅައިގެ އެންޓްރެންސް ނުވަތަ ވަންނަ ދޮރު ހުންނަނީ 55 މީޓަރާއި 60 މީޓަރާ ދެމެދުގެ ހިސާބެއްގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;