މިކަން އިއުލާންކޮށް ފިލްމުގެ ޓީމުން ބުނީ އަންނަ މަހުގެ 24 ގައި ފިލްމު ޑިޒްނީ ޕްލަސް އިން ޕްރީމިއާ ކުރާނެ ކަމަށެވެ.
"އެވެޓާ" ޖުމްލަ ހަތަރު ސީކުއެލްއެއް އިއުލާންކޮށްފައިވެ އެވެ. ތިންވަނަ ފިލްމު މިހާތަނަށް ގެނެސްދީފައިވާއިރު، ހަތަރު ވަނަ ފިލްމު ގެނެސްދެނީ އަންނަ އަހަރު އެވެ. އަދި ފަސްވަނަ ފިލްމު ގެނެސްދެނީ 2029 ގަ އެވެ.
400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން މި ފިލްމަކީ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި، ޑައިރެކްޓަރު ޖޭމްސް ކެމެރަންގެ ހަތަރު ވަނަ ފިލްމެވެ. އެއީ އަދި އެހެން އެއްވެސް ޑައިރެކްޓަރަކަށް ލިބިފައިވާ ކާމިޔާބީއެއް ނޫނެވެ.
"އެވެޓާ 3"ގައި ދައްކަނީ ދޮށީ ދަރިފުޅު ނެތެޔަމްގެ މަރަށް ފަހު އެ ހިތާމައިގައި އުޅެނިކޮށް ޖޭކް އާއި ނޭތުރީ ޕެންޑޯރާގެ އެހެން ގަބީލާއަކާ ކުރާ ހަނގުރާމައެކެވެ. އެއީ "އޭޝް ޕީޕަލް" ނުވަތަ ހަތިޔާރަކަށް އަލިފާން ބޭނުންކުރާ ބަޔަކު އުޅޭ ގަބީލާއެކެވެ.
"އެވެޓާ: ފަޔާ އެންޑް އޭޝް"ގެ ލީޑު ރޯލުތައް ކުޅުނީ ސޭމް ވޯތިންޓަން އާއި ޒޯއީ ސެލްޑާނާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;