އިމާދުއްދީން ސްކޫލުގައި ސެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި އައިމިނަތު ރިޒާނާ ނިޔާވީ ކެންސަރު ބަލީގައި ފަރުވާ ހޯދަމުން ގެންދަވާތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށެވެ.
އުމުރުން 43 އަހަރުގެ ރިޒާނާ މިއަދު ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އޭނާގެ މައްޗަށް ކުރާ ކަށު ނަމާދު އޮންްނާނީ މިއަދުގެ އަސުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްްކިތުގައެވެ.
އުފަން ރަށް، ރ. ދުވާފަރުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ރިޒާނާ މާލޭގައި އެންމެ ފުރަތަމަ ކިޔަވާދެން ފެއްޓެވީ ހިރިޔާ ސްކޫލުގައެވެ. އެ ސްކޫލްގައި މަސައްކަތް ކުރެއްްވުމަށްފަހު އިމާދުއްދީންނާއި ގުޅުވަޑައިގަތީ އޮކްޓޫބަރު 23، 2019 ގައެވެ. އޭގެ ފަހުން މިހާތަނަށްވެސްް އޭނާ ހުންނެވީ އެ ސްކޫލްގެ ސެން ޓީޗަރެއްގެ ގޮތުގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;