ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާރޫގަކީ ދަައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި އަދި ވަކީން ހާއްސަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަގާމުތަކުގައި ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމުގައި އެވެ.
ރައީސް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މިއަދު ދިވެހިންނާ ވަކިވީ ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީހަށްވެސް ގިނަގުނަ ހިދުމަތްކުރެއްވި ތަޖުރިބާކާރު އަގުހުރި ޝަހްސިއްޔަތެއް ކަމުގަ އެވެ.
މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށާއި، މައްޔިތާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސް ވަނީ ދުއާކުރައްވައިފަ އެވެ.
ފާރޫގްގެ ކަށު ނަމާދު އޮތީ މިއަދު އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
ފާރޫގް އަވަހާރަވީ އިރު އުމުރުފުޅަކީ 85 އަހަރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;