ads
3 ރައީސުންގެ ޓީމުގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން
ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު: 3 ރައީސުންގެ ޓީމު
މިހާރު މިގައުމު މިދާ ދިމާލުން ރަނގަޅު ކުރުމަށް ރަނގަޅު މަސައްކަތްތަކެއް އިނދިކޮޅު ފަރާތްތަކުން ގުޅިގެން ކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް ތިން ރައީސުން އެކުލަވާލީ ޓީމުން ބުނެފިއެވެ.
Advertisement

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދުއާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އިއްތިހާދުން "މަގުޗާޓު" އެކުަލަވާލުމަށް ކަނޑައެޅި ޓީމުގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވަފަފެެވެ. 

މިކޮމެޓީގައި ނަޝީދުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله އެވެ. ސާލިހުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ  މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް އަދި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ޔާމީންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ  ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އާއި މާލެ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު އެވެ.

ކޮމެޓީގެ ފުރަތަމަ ބައްދަލުވުމަށްފަހު ތިން ރައީސުންގެ މަންދޫބުން ވިދާޅުވީ މިހާރު މިގައުމު މިދާ ދިމާލުން ރަނގަޅު ކުރުމަށް ރަނގަޅު މަސައްކަތްތަކެއް އިނދިކޮޅު ފަރާތްތަކުން ގުޅިގެން ކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;