މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ މަސައްކަތް މިއަދު ވަނީ ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމުން ބައިވެރިވެފައެވެ.
ޑޭން އިން ބުނީ ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައަށް ފީނަނ ގޮސް އުޅެނިކޮށް ގެއްލުނު 4 މީހުން މިއަދު ލޮކޭޓްކުރެވުނީ ތިންް ގަޑިއިރަށް ދެމިގެންދިޔަ ނުރައްކާތެރި އުނދަގޫ މަސައްކަތުންނެވެ. މިއަދު މެންދުރު ފަހު ރާއްޖޭ ގަޑިން 12:30 ގައި ފެށި މި ޑައިވްގައި މީހުން ލޮކޭޓް ކުރެވިފައިވަނީ ހަވީރު ވަނިކޮށެވެ.
ގެއްލުނު އިޓަލީ މީހުން ހޯދުމަށް އައި ފިންލޭންޑްގެ ތަޖުރިބާ ކާރު ޑައިވަރުން މިއަދު ޑައިވްކުރީ އެހާ ފުނަށް ޑައިވްކުރަން ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އާލަތްތައް ބޭނުންކޮށްގެންކަމަށް ޑޭން އިން ބުނެއެވެ. އަދި މި އޮޕރޭޝަންގައި ބައިވެރިވި ފިންލޭންޑްގެ ޑައިވަރުންނަކީ ފުން އަދި ބަންދުވެފައިވާ ފެނުގެ އަޑީގެ މާހައުލުތަކާއި ހަނި ޖާގަތަކާއި ނުރައްކާތެރި ހާލަތްތަކުގައި ހިންގާ ބޮޑެތި ސާޗް އެންޑް ރިކަވަރީ މިޝަންތަކުގެ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ޑައިވަރުންކަމަށްވެސް ޑޭން އިން ވަނީ ބުނެފައެވެ.
ޑޭން އިން ބުނީ ފިންލޭންޑް ތިން ޑައިވަރުން އެ ހޮހަޅަައިގެ ތެރެއަށް ވަދެ އެތަން ބަލާ ފާސްކުރީ އެ ތަނުގެ މާހައުލާއި ހާލަތު ރަނގަޅަށް ބަލާ ވަޒަންކޮށްފައިކަމަށާއި ދެން ބޭނުންވާނެ މުހިއްމު މައުލޫމާތުތައްވެސް އެއްކުރަމުން އަންނަކަމަށެވެ. އަދި ދެން އޮތީ ހޮހަޅައިގެ ތެރޭގައި ތިބި އީޓަލީގެ ޑައިވަރުގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކަންވެސް ޑޭން އިން ފާހަގަކުރިއެވެ. އަދި އެކަން ކުރިޔަށް ގެންދާނެ ގޮތް ރާވަމުން އަންނަކަމަށްވެސް ޑައިވަރުންގެ ރައްކާތެރިކަމާ ގުޅޭ ކަންކަން ބަލަހައްޓާ އެމެރިކާގެ އަމިއްލަ ބޮޑު ޖަމިއްޔާއެއް ކަމަށްވާ ޑޭން އިން ބުނެއެވެ.
ވަ އަތޮޅުގައި ޑައިވްކުރަނިކޮށް ގެއްލުނު މީހުން
މިއަދުގެ އޮޕަރޭޝަންގައި ފިންލޭންށްގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމުން ބޭނުންކުރި ޒަމާނީ އާލަތްތަކުގެ ތެރޭގައި ކްލޯޒްޑް-ސާކިޓް ރީބްރީދާސް، ޑައިވަރުން ދުއްވާ އެންްމެ ކޮލެޓީ އުޅަނދުތައް ހިމެނޭކަމަށް ޑޭން އިން ބުނެއެވެ. އަދި އެތަކެތި ބޭނުންކޮށްގެން އެ ފުން ހޮހަޅައިގެ މާހައުލުގެ ތެރެއަށް ވަދެ ގިނަ ވަގުތު ރައްކާތެރިކަމާއެކު ފީނުމުގެ ފުރުސަތު ޑައިވަރުންނަށް ލިބިގެންދިޔަކަންވެސް ޑޭން އިން ވަނީ ފާހަގަކޮށްފައެވެ.
ޑައިވަރުން ބޭނުންކުރި ރީބްރީދާއަކީ ނޭވާލާފައި ބޭރުކުރާ ގޭސް އަލުން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ނިޒާމެކެވެ. އެއީ ކެމިކަލް ސްކްރަބަރެއްގެ އެހީގައި ކާބަންޑައިއޮކްސައިޑް ވަކިކޮށް، ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން އޮޓޮމެޓިކުން ބަދަލުކޮށްދޭ ނިޒާމެއްކަމަށްވެސް ޑޭން އިން ނެރުނު ރިޕޯޓްގައިވެއެވެ.
ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ހޮހޮޅައިގެ ތެރެއަށް ވަންނަން އޮންނަ ދިމާލުންކަމށް އެމްއެންޑީއެފް އިން މީގެ ކުރިން ވަނީ ބުނެފައެވެ. އަނެއް ހަތަރު މީހުން ފެނުނު ހޮހަޅައިގެ ދިގުމިނުގައި 260 ފޫޓް ހުންނަކަމަށް ތަޖުރިބާ ކާރުން ބުނެއެވެ. ތިން ހޮހަޅައިގެ ގޮތަށް އޮންނަ މިތަނުގައި އެއް ހޮހަޅައިން އަނެއް ހޮހަޅައަށް ވަންނަ އޮންނަނީ ވަރަށް ހިމަކޮށް އޮންނަ ދިމާލެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;