ads
ހދ. ހިރިމަރަދޫ މީޙުންނުޅޭ ރަށަކަށް ހަދާ ކައުންސިލު އުވާލައިފި
ހދ. ހިރިމަރަދޫ ކައުންސިލާއި އެ ކައުންސިލްގެ އިދާރާވެސް މިއަދުން ފެށިގެން ސަރުކާރުން އުވާލާފައިވާކަަމަށް ރައީސް އޮފީހުން ބުނެފި އެވެ.
Advertisement

އެ އޮފީހުން ބުނީ ހދ. ހިރިމަރަދޫ ކައުންސިލާއި ކައުންސިލްގެ އިދާރާ އުވާލީ އެރަށު ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީކަމަށެވެ. 

މި ބަދަލާއި އެކު އައްޑޫ މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާތައް އަލަށް އުފައްދަވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑަށް ބަދަލުގެންނަވައި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި އެ ކައުންސިލްތަކުގެ އިދާރާތައް މިއަދުން ފެށިގެން އުވާލާފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ރައީން ނެރުއްވި ދެންނެވުމުގައި "އައްޑޫ މީދޫ" އަދި "އައްޑޫ ހުޅުދޫ" އަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް އުފައްދަވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަހައްދަކީ "އައްޑޫ ސިޓީ" ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާވެސް އަލުން ވަނީ ތަރުތީބުކޮށްފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މި ބަދަލާއިއެކު "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ" އާއި "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ"ގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް ވެސް އާންމުކުރައްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;