ads
މާތިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް، ބަޔަކު ކަނޑުވެފައި --
ލޯންޗެއް ފަޅައިގެންގޮސް ގިނަ ބަޔަކު ކަނޑުވެއްޖެ
މާފިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސް، އެ ލޯންޗުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
Advertisement

މި ލޯންޗް ފަޅައިގެން ދިއުމުން، ލޯންޗްގައި ތިބި މީހުން ވަނީ ލައިފް ޖެކެޓް އަޅައިގެން މޫދަށް ފުންމާލާފަ އެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމުން މެރިން ޕޮލިސް ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ގޮތުން މީހުން ސަލާމަތް ކުރުމަށް މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މިލޯންޗް އަކީ ތިބީ ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ކުދިން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ކަމަށް ސިފައިން ވަނީ ބުނެފަ އެވެ. ސިފައިން ބުނީ ހުޅުމާލެއާ ހިސާބުން ލޯންޗް ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދާތީ، އެލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފަ ކަމަށެވެ.

"އަދި އެ ކުދިން ލޯންޗުތަކަށް ނެގުމަށް ފަހު މާލެ އަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުން،" އެމްއެންޑީއެފްގެ މެސެޖުގައި ވެ އެވެ.

އެ އުޅަނދުގައި ގާތްގަނޑަކަށް 60 އަންހެން ކުދިން ތިބި ކަމަށް ވެ އެވެ. 

ލައިފްޖެކްޓް އަޅައިގެން ކުދިން ކަނޑުވެފައި ތިބި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;